ޓެކްނޯލޮޖީ

ޔޫއެސްބީ-ސީ ކޭބަލް: ބޭނުމީ ރަނގަޅު ކޭބަލެއް

ޔޫއެސްބީ-ސީ ޕޯޓެއް ހުންނަ ކޮންމެ ޑިވައިސްއެއް ޗާޖު ކުރަން، ޔޫއެސްބީ-ސީ / ޓައިޕް-ސީ ކޭބަލެއް ބޭނުންވެ އެވެ. ބޭނުންކުރާ ޑިވައިސްއެއްގެ ގޮތުން މިނޫން ހާލަތެއް ތަޖުރިބާކުރަން ޖެހުނު ނަމަވެސް ޒަމާނީ އާލާތްތަކުގައި މުޅިންހެން ހުންނަނީ ޓައިޕް-ސީ ޕޯޓެވެ.

އެޕަލް މެކްބުކާއި އައިޕެޑް ޕްރޮ އަދި ނިންޓެންޑޯ ސްވިޗާއި އެންޑްރޮއިޑް ފޯނުތައް ވެސް ޓައިޕް-ސީއަށް ބަދަލު ވަނީ އެވެ. މާކެޓްގައި ނަގާކިޔާ ހުރިހާ ޑިވައިސްއެއްހެން ޓައިޕް-ސީއަށް ބަދަލުވާން ދެން ދުވަސްތަކެއް ނުނަގާނެ އެވެ.

ޓައިޕް-ސީ ކޭބަލް ދެންވާނީ ޑިވައިސްތައް ޗާޖުކުރަން އަދި ބޭނުނުް ޖެހިއްޖެ ހާލަތެއްގައި ޑާޓާ ޓްރާންސްފާކުރަން ވަކި މަރުކާއެއް، ބްރޭންޑެއް ތަފާތެއް ނެތި ބޭނުން ކުރެވޭ ކޭބަލަކަށެވެ. އެހެންކަމުން ޓައިޕް-ސީ ކޭބަލެއް ހޯދާއިރު ޑިވައިސްތަކުގައި މެދުގައި ބޭނުންކުރެވޭ ކޭބަލެއް ހޯދުން ބުއްދިވެރި ކަމަކަށް ވާނެ އެވެ.

ޔޫއެސްބީ ޓައިޕް-ސީ ވާގަނޑުގެ ކޮޅަށް ބަލާލުމުން އެއީ ޓައިޕް-ސީ ކޭބަލެއްކަން އެނގުނު ނަމަވެސް ކޭބަލްގެ ފެންވަރު ދެނެގަތުން ފަސޭހަ ކަމަކަށް ނުވާނެ އެވެ. ވާގަނޑުގެ ކޮޅު އެއްގޮތް ނަމަވެސް ޓައިޕް-ސީ ބައެއް ކޭބަލްތަކުގައި ޓައިޕް-ސީއަށް ދަރަޖަ ކުރެވޭ ފެންވަރު ނެތިވެސް ހިނގައިދާނެ އެވެ.

ޓައިޕް-ސީ ކޭބަލެއް ހޯދަން ބޭނުން ނަމަ މީހަކު ބުނާހާ އެއްޗަކަށް ބަރޯސާ ކުރުމަށް ވުރެ ވާގަނޑުގެ މަރުކާ / ބްރޭންޑަށް އިތުބާރު ކުރުމަކީ ރަނގަޅު ގޮތެކެވެ. އެއީ ވަކި ވާގަނޑަކާ ބެހޭ ގޮތުން ސައްހަ މައުލޫމާތު ކަށަވަރު ނޫން ނަމަ އެވެ.

ދިވެހިރާއްޖޭގައި އެންމެ މަގުބޫލު އަދި އާންމު ކޭބަލް މަރުކާ އަކީ އެންކާ އެވެ. މީގެ އިތުރުން ވެސް ނެކްޓެކް އާއި ކޭބަލް މެޓާސް އަދި ނޮމޭޑް އަކީ ވެސް ދޫކޮށްލެވެން ނެތް މަރުކާތަކެކެވެ. ރަނގަޅެވެ. ހޯދަން އުނދަގުލެވެ. އެކަމަކު މިބުނެދިނީ މޮޅު ކޭބަލެއްގެ ވާހަކަ އެވެ.