ޓެކްނޯލޮޖީ

ވާވޭ ކިރިން ޕްރޮސެސާތައް 2022 ގައި

ވާވޭއިން މިއަންނަ އަހަރު ކިރިން ޗިޕްތައް އުފައްދައި އާޓިފިޝަލް އިންޓެލިޖެންސަށް ފޯކަސްކުރާނެ
50%
0%
50%

ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒްއަށް އެމެރިކާއިން އޮތީ ދަތި ކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. މިސަބަބާ ހެދި އެމެރިކާގައި އުފައްދާ ޓެކްނޮލޮޖީއެއް އަދި މިފަދަ އެހެން ބާވަތެއް ލިބިގަތުމަކީ ވާވޭއަށް މަނާ ކަމެކެވެ. ވާވޭ ސްމާޓްފޯންތަކުގައި ބޭނުން ކުރަން ޒަމާނީ ޗިޕްތައް ލިބުން ދަތިވެފައި ވަނީ ވެސް މިސަބަބާ ހެދި އެވެ.

ވާވޭއަށް ބޭނުންވާ މައިކްރޮޗިޕްތައް ހޯދަން އޮތް ހަމައެކަނި ގޮތަކީ އަމިއްލައަށް އުފެއްދުމެވެ. އެހެން ނަމަވެސް ޒަމާނީ ބާރު ގަދަ ސްމާޓް ޑިވައިސްތަކުގައި ބޭނުން ކުރަން އެމެރިކާ އާއި ބައިވެރިން އުފައްދާ މޮޅު ޗިޕްތަކާ ކައިރިކުރާ ފެންވަރުގައި ވެސް ޗިޕް އުފެއްދުމުގެ ކުޅަދާނަކަން ވާވޭއަށް އަދި ލިބިފައެއް ނެތެވެ. މިވަތަށް އޮތް ހަމައެކަނި އުންމީދަކީ ކިރިން ޗިޕްތައް އުފައްދައި ސިނާއަތުގައި އެހެން ދިމާއަކަށް ވިޔަފާރި ފޯކަސް ކުރުމެވެ.

ވާވޭއިން މިއަންނަ އަހަރު ކިރިން ޗިޕްތައް އުފައްދަން ފެށި ނަމަވެސް ފުރަތަމަ ފިޔަވަހި އަމާޒު ކޮށްފައި ވަނީ ޖީބަށް ލައިގެން ގެންގުޅެވޭ ވަރުގެ ޑިވައިސްތަކަކަށް ނޫނެވެ. އޭގެ ބަދަލުގައި ސްމާޓް ކާރާއި ރޮބޮޓް ކްލީނާ އަދި އޮޕްޓިކް ކޮމިއުނިކޭޝަން ޑިވައިސްތައް ފަދަ އަމިއްލަ ވިސްނުމުން މަސައްކަތްކުރާ މެޝިންތަކަށެވެ.

މައިކްރޮ ޑިޒައިން ސާކިޓްރީއަށް ވާވޭއިން އަންނަނީ އިންވެސްޓް ކުރަމުންނެވެ. އެހެން ނަމަވެސް ކުއަލްކޮމް އަދި ސެމްސަންގް ފަދަ ސިނާއަތުގައި އާކަން ކެނޑިފައި ތިިބި ކުންފުނިތަކާ އެއްހަމައެއްގައި ވާދަ ކުރުން ވާވޭއަށް މިވަގުތު ވަނީ ތަކުލީފަކަށެވެ. އެއިންޖިނޭރިން އަދި ނެތީ އެވެ. އެހެން ނަމަވެސް އަންނަ އަހަރު މާކެޓަށް ކިރިން ޗިޕްތައް ތައާރުފު ކުރުމަށް ފަހު ވާދަވެރިންނާ ގޮތް ނުކިޔޭ ފެންވަރަށް "ސިސްޓަމް އޮން އަ ޗިޕް" ޑިޒައިންތައް ފަށާނެ ކަމަށް ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345