އުރީދޫ

ސެމްސަންގްގެ ފަތްޖެހޭ ފޯނު އުރީދޫން ވިއްކަނީ

Sep 3, 2022

ސެމްސަންގްގެ ފަތްޖަހާލެވޭ "ސެމްސަންގް ޒީ ފޯލްޑް" ފޯނު އުރީދޫގެ އޮންލައިން ޝޮފް -- މޫލީ އިން ގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ

އުރީދޫ މޯލްޑިވްސް އިން މިއަދު ބުނީ ފަތްޖަހާލެވޭ ފޯން ބޭނުންވާ ކަސްޓަމަރުން މޫލީ މެދުވެރިކޮށް އޯޑަރު ކުރުމަށެވެ.

ފޯން ގަތުމުން ކޮންމެ ހިސާބަކަށްވެސް ޑެލިވަރީ ކޮށްދިނުމަށް އުރީދޫން ވަނީ ނިންމާފަ އެވެ.

ސެމްސަންގް ޒީ ފޯލްޑް ފޯނަކީ 7.6 އިންޗީގެ ޑިސްޕްލޭއެއް ހިމެނޭ އަދި މާކެޓްގައި މިވަގުތު އެންމެ އަގު ބޮޑު ފޯނެވެ.

މޫލީ އިން ލިބެން ހުރީ ސެމްސަންގް ޒީ ފޯލްޑްގެ 25 ޖީބީގެ ފެންޓަމް ބްލެކް އެވެ.

އިސްލާމިކް ބޭންކުގެ އިންސްޓޯލްމަންޓް ސްކީމު ބޭނުންކޮށްގެން ފޯން ގަނެވިދާނެ އެވެ.