ދިރާގު

ދިރާގު ސްޓްރީމިން އެޑް-އޯންސްއަށް ސްޕޮޓިފައި

Mar 2, 2021

ދުނިޔޭގެ އެންމެ މަޝްހޫރު އެއް އޯޑިއޯ ސްޓްރީމިން އެޕް ކަމަށްވާ "ސްޕޮޓިފައި" ދިރާގު ސްޓްރީމިން އެޑް-އޯންސް އިން މިހާރު ލިބޭނެ އެވެ.

ދިރާގުން ބުނީ "ސްޕޮޓިފައި އެޕް" މިހާރު ދިރާގު ޕްރީޕެއިޑް ސްޓްރީމިން އެޑް-އޮންސް އާއި ޕްރީޕެއިޑް ސްޓްރީމިން ޕެކްސް އަދި އެ ކުންފުނީގެ އަމިއްލަ ޕޯސްޓްޕެއިޑްގެ އިތުރުން މަމެން ސްޓްރީމިން އެޑްއޮންސްގައި ވެސް "ސްޕޮޓިފައި" ހިމެނިފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން، ކަސްޓަމަރުން ބޭނުންވާ ކަހަލަ އެޕްލިކޭޝަންތައް ފޯރުކޮށް ދޭށެވެ. އެގޮތުން ދިރާގު ސްޓްރީމިން އެޑް-އޮންތަކަށް މި އެޕް އައުމާއެކު ދުނިޔޭގެ ހުރިހާ ހިސާބެއްގެ އެންމެ މަޝްހޫރު ފަންނާނުންގެ މިއުޒިކް އަޑު އަހާލަން ފަސޭހަވެ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

ދިރާގު ސްޓްރީމިން އެޑް-އޮންސް ތެރޭގައި ހިމެނޭ މަޝްހޫރު ސްޓްރީމިން އެޕްތަކުގެ ތެރޭގައި ޓިކްޓޮކް އާއި ނެޓްފްލިކްސް އަދި ޔޫޓިއުބާއި އެމޭޒަން ޕްރައިމް އެވެ. މި އެޑް-އޮންސްގެ ތެރެއަށް ސްޕޮޓިފައި ތައާރަފު ކުރުމުން، ދިރާގު ސްޓްރީމިން އެޑް-އޮން ތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ އެވެ.

"ސްޕޮޓިފައި" ސްޓްރީމިން އެޑް-އޮން އެކްޓިވޭޓް ކުރުމަށް ދިރާގު މޮބައިލް އެޕް ނުވަތަ 343 އަށް ކީވޯޑް އެސްއެމްއެސް ކޮށްލުމުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

ދިރާގުން އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ މޮބައިލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ދިރާގުން ފޯރިކޮށްދޭ އެޑް-އޮންތަށް ކަސްޓަމަރުންންގެ ބޭނުންތައް ފަރުމާކުރުމަށެވެ.