އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް 2.34ރ. ބަހަން ފާސްކޮށްފި އެވެ.
މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ "ފަހިވޯޓް" އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ބޭއްވި އުރީދޫގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އަށް ޕްރޮކްސާއާއެކު 44 ހިއްސާދާރުން ހާޒިރުވެފައިވެ އެވެ. އެއީ އޮންލައިންކޮށް ބައިވެރިވި 35 ހިއްސާދާރުންނާއި ޕްރޮކްސީއާއެކު ބައިވެރިވި އަށް ހިއްސާދާރުން އެވެ. މި ހިއްސާދާރުން 1.34 މިލިއަނަށް ވުރެ ގިނަ ހިއްސާ ތަމްސީލް ކުރި އެވެ.
އުރީދޫން އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ 85 ޕަސެންޓް ބަހަން ނިންމުމާއެކު ހިއްސާއަކަށް ޖެހޭ 2.34ރ. ބަހަން އޭޖީއެމްގައި ބައިވެރިވި ހުރިހާ މެންބަރުން ވަނީ ވޯޓު ދީފަ އެވެ.
އުރީދޫން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ހާންގެ އިތުރުން ޗެއާމަން އެންޑްރޫ ތޫ އޮޑްވާރ ކްވަލްސެތް ވެސް ބައިވެރިވި އެވެ.
އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ހާން ވިދާޅުވީ ކޮވިޑް-19 ވެގެން ގޮސްފައިވަނީ ދުނިޔެއެކޭ އެއްގޮތަށް ރާއްޖެއަށްވެސް އިގްތިސޯދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ކަމަކަށް ކަމަށެވެ. ނަމަވެސް މިހާލަތުގައި ވެސް އެ ކުންފުނީގެ ކަސްޓަމަރުން ކުރި މަސައްކަތް ކޮށް އޭނާ ވަނީ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފަ އެވެ.
އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ތެރޭގައި ވެސް އެ ކުންފުނީގެ ހިއްސާ މަތިވެގެންގޮސް ކަސްޓަމަރުންގެ އަދަދު އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ. އަދި ގިނަ ހިދުމަތްތައް ބޭނުން ކުރާ މިންވަރުވެސް މަތި ވެގެން ގޮސްފައިވާ ކަމަށެވެ.
"މިދިޔަ އަހަރަކީ ގިނަ އެވޯޑު ތަކެއް ވެސް ލިބުނު އަހަރެއް. ރާއްޖެ އާއި ބޭރުގެ ގިނަ އެވޯޑުތަކެއް ލިބުނު،" ނަޖީބު ވިދާޅުވި އެވެ.
އުރީދޫ މޯލްޑިވްސް މި އަހަރު އޮޑިޓް ކުރަން ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ވޯޓާ ހައުސް ކޫޕާސް އެވެ. އެ ކުންފުންޏަށް އުޖޫރައިގެ ގޮތުގައި ދޭން ފާސްކޮށްފައިވަނީ 59،600 ޑޮލަރެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފޯނާއި އިންޓަނެޓުގެ ހިދުމަތްދޭ އުރީދޫގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 407 މިލިއަން ރުފޔާ ލިބިފައިވެ އެވެ. އުރީދޫއަކީ އާއްމުނަށް 9.5 ޕަސެންޓް ހިއްސާ ވިއްކުމުންނެވެ. އަދި ބާކީ އޮތް 90.5 ޕަސެންޓު ހިއްސާ ވަނީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ
އިންޓަނޭޝަނަލް އެވެ.
އުރީދޫއަކީ 1، އޮގަސްޓް 2005 ވަނަ އަހަރު ރާއްޖޭގެ ދެވަނަ މޮބައިލް އޮޕަރޭޓަރުގެ ގޮތުގައި ރާއްޖޭގައި ހިދުމަތް ދޭން ފެށި ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސް އެވެ. އެ ކުންފުނީގެ ހިއްސާ ބެހިގެން ވަނީ ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސްގެ 90.5 ޕަސެންޓާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ 5.64 ޕަސެންޓް އަދި އާއްމު ޕަބްލިކުގެ 3.86 ޕަސެންޓުގެ މައްޗަށެވެ. .