މީޑިއާނެޓް

އިނާމުތަކާއިއެކު މީޑިޔާނެޓުގެ ރޯދަ ހަދިޔާ

Mar 8, 2021

އިނާމުތަކާއެކު މީޑިޔާނެޓުގެ ރޯދަ ހަދިޔާ ޕްރޮމޯޝަން ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވާ ކަސްޓަމަރުންނަށް ގްރޭންޑް ޕްރައިޒް، ވީކްލީ އަދި މަންތްލީ ޕްރައިޒު މުޅި އަކު 13 ނަސީބުވެރިއަކަށް ލިބޭނެ އެވެ. އެއްވަނަ އިނާމަކަށް އައިފޯން 12 ޕްރޯ މެކްސް އަކާއި މެކް ބުކް ޕްރޯއެއް ލިބޭއިރު ދެވަނަ އިނާމަކަށް އައިޕްޑް ޕްރޯ އެއް ލިބޭނެ އެވެ. އަދި ތިން ވަނަ އިނާމަކަށް 65 އިންޗީގެ ޓީވީ އެއް ލިބޭނެ އެވެ.

ވީކްލީ ޕްރައިޒުގެ ގޮތުގައި ދޭނީ 15،000 ރުފިޔާގެ ގިފްޓް ވޮއުޗަރެކެވެ. މި އިނާމު މުޅު އަކު އަށް ނަސީބުވެރި ފަރާތަކަށް ދޭން ހަމަޖެހިފައިވާއިރު މަންތްލީ ޕްރައިޒުގެ ގޮތުގައި އައިފޯން 12 ޕްރޯ ނަސީބުވެރި ދެ ފަރާތަކަށް ދޭނެ އެވެ.

މި ޕްރޮމޯޝަން ފަށާފައިވާ އިރު މިހާރު ވަނީ ފުރަތމަ ހަފުތާ އާއި ދެ ވަނަ ހަފުތާގެ ވީކްލީ ޕްރައިޒަށް ނަސީބުވެރި ފަރާތްތައް ހޮވާފަ އެވެ.

ވީކްލީ ޕްރައިޒަށް ހޮވޭ ފަރާތްތަކަށް ލިބޭ ގިފްޓް ވޮއުޗަރުން ވިޔަފާރ ކުރުމަށް ނަނަ ހިނގާ ވިޔަފާރިތަކެއް ވަނީ މީޑިޔާނެޓާއި ގުޅިފަ އެވެ. އެގޮތުން ރެއިންބޯ ލިވިން މޯލާއި ބަލޯޓާ އާއި މެނގޯ ޝޮޕާއި މިނިސޯ އާއި ސޮނީ ސްޕޯޓާއި އެލް މޯބައިލާއި އެލް ޒޯނާއި ލެވިއުޓާއި ހައި ސޭލްސްގެ އިތުރުން އޭސް ފަދަ ވިރަފާރިތައް ހިމެނެ އެވެ.

މީޑިޔާ ނެޓުގެ ވޯންޓް އިޓް އޯލް ޕެކޭޖް އެކްޓިވޭޓް ކޮށްލުމުން ގްރޭންޑް ޕްރައިޒް ވީކްލީ އަދި މަންތްލީ ޕްރައިޒުގައި ބައިވެރިވެވޭނެ އެވެ. މީގެ އިތުރުން ފެމިލީ ޕެކޭޖަށް ވުރެ މަތީ ޕެކޭޖެއްް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް ވީކްލީ އަދި މަނަތްލީ ޕެކޭޖުގައި ބައިވެރިވެވޭނެ އެވެ. އަދި އަލަށް ގުޅެ ކަސްޓަމަރުންނައި ރިކަނެކްޓް ކުރާ ކަސްތަމަރުންގެ އިތުރުން ޕެކޭޖު އެކްޓިވޭޓް ކުރުމުން މަންތްލީ ޕްރައިޒުގައި ބައިވެރި ވެވޭނެ އެވެ.