ޕްރޮމޯޝަން

މީޑިއާނެޓް މަލްޓިސްކްރީނާ ގުޅޭ ވީޑިއޯއެއް މިރޭ

Feb 15, 2021
1

މީޑިއާނެޓް މަލްޓިސްކްރީނާ ގުޅޭ ތައާރަފް ވީޑިއޯއެއް މިރޭ ދައްކާނެ ކަމަށް މީޑިއާނެޓުން ބުނެފި އެވެ.

ވީޑިއޯ ދިވެހި ޗެނެލްތަކުންނާއި މީޑިއާނެޓް ސޯޝަލް މީޑިއާ މެދުވެރިކޮށް ދައްކާނެ އެވެ. މި ވީޑިއޯގައި، އޭގެ ފީޗާސްތަކާއި، ރަޖިސްޓާ ކުރާނެ ގޮތުގެ އިތުރުން ސަބްސްކްރައިބް ޕްލޭންތައް ކަސްޓަމަރުންނަށް ކިޔައިދޭނެ އެވެ.

މީޑިއާނެޓުން ބުނީ ބެލުންތެރިންގެ މެދުގައި މަގުބޫލު ޑާކް ރެއިން އެންޓަޓެއިންމެންޓްގެ "ރޫމީ އާއި ޖަންނަތު" ގެ ޑަބަލް އެޕިސޯޑު ވެސް މިރޭ ދައްކާނެ ކަމަށެވެ.

ކޮންމެ ޑިވައިސް އަކުން އަދި ކޮންމެ ތަނެއްގައި ހުރެގެން ވެސް މީޑިއާނެޓް މަލްޓިސްކަރީން ބޭނުން ކޮށްގެން ލައިވްކޮށް ޓީވީ ބަލައިލެވޭނެ އެވެ. މީގެއިތުރުން އޭގައި އަމިއްލަ ކޮންޓެންޓް ލައިބްރަރީއެއް ހިމެނޭ ކަމަށްވެސް މީޑިއާނެޓުން މައުލޫމާތު ދެއެވެ.