ހަބަރު

ހަމަލާގައި ބައިވެރިވާ އެންމެނަށް ހަރުކަށި އަދަބުދޭންޖެހޭނެ: ޖޮއިންޓް ޕީޖީ ގްރޫޕް

Nov 1, 2015

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް 28 ސެޕްޓެމްބަރުގައި "ފިނިފެންމާ" ލޯންޗްކޮޅުގައި ދިން ހަމަލާ އަކީ މުޅި ގައުމަށް ދިން ޓެރަރިޒަމްގެ އުދުވާނީ ހަަމަލައެއް ކަމަށް ދެކޭ ކަމަށާއި އެ އަަމަލު ހިންގި ފަރާތްތަކަށް ގާނޫނުގައިވާ އެންމެ ހަރުކަށީ އަދަބު ދިނުނަށް ޕީޕީއެމާއި އެމްޑީ އޭ އައި ޖޭޕީގެ ގުޅިފައިވާ ޕާލަމެންޓްރީ ގްރޫޕުން ގޮވާލައިފި އެވެ.

އެ ތިން ޕާޓީގެ ޕީޖީ ގްރޫޕް އެކުވެގެން ބޭއްވި ބައްދަލުވުމުގައި މި ގޮތަށް ގޮވާލީ މިއަދު މުލީއާގޭގައި ނެރުނު ޖޮއިންޓް ޕްރެސް ރިލީޒެއް މެދުވެރިކޮށެވެ. މި ޕްރެސް ރިލީޒް އާންމުކޮށް ދެއްވީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.

އޭގައި ބުނެފައި ވަނީ ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ދޫކޮށްފައިވާ ބ. ހިބަޅިދޫ ކައިރިން އިއްޔެ ދިވެހި ސިފައިންނާއި ފުލުހުން ހިންގި ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނުގައި ނުރައްކާތެރި ހަތިޔާރު ކަމަށްވާ، ބަޑި އާއި ފިސްތޯލަ އާއި ވަޒަނާއި އަތު ބޮމާއި އެހެނިގެން ގިނަ އަދަދެއްގެ ހަތިޔާރު ފެނުމަކީ 18 ރައްޔިތުންގެ މަޖިލީހުގައި ގުޅިފައިވާ ޕާލަމެންޓްރީ ގްރޫޕްގެ ވަރަށް ކަނބޮޑުވާ ކަމެއް ކަމަށެވެ.

އަދި ބުނީ ދިވެހި ރައްޔިތުންނާއި ގައުމުގެ ސަލާމާތާއި ރައްކާތެރި ކަމަށް އެކިލަވަލާފައި ގާނޫނު ހަދާ މަޖިލީހުގެ އެންމެ ބޮޑު އަޣުލަބިއްޔަތު އޮތް ޕާލަމެންޓްރީ ގްރޫޕް، ޖޭޕީ އާއި އެމްޑީއޭ އާއި ޕީޕީއެމުން ދިވެހި ސަރުކާރާށާއި ރައްޔިތުންނަށް ޔަގީންކޮށްދެނީ މި ދަނޑިވަޅުގައި ރައީސް އަބްދުﷲ ޔާމީނާއި ދިވެހި ދައުލަތުގެ ސަލާމަތީ ބާރުތަކަށާއި އެންމެހާ މުއައްސަސާތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުުމާއި އެހީތެރިކަން ދޭނެ ކަމަށާއި ހުރިހާ ކަމަކަށް މަގު ފަހިކޮށްދޭނެ ކަމަށެވެ.

އަދި މި އުދުވާނުގައި ބައިވެރިވި ހުރިހާ އެންމެން ޝަރީއަތުގެ ކުރިމައްޗަށް ގެންގޮސް އަމަލު ހިންގި މީހުންނާއި އެމީހުންނާ ގުޅިފައިވާ ފަރާތްތަކަށް ހައްގު އަދަބު ލިބޭނެ ކަމަށް ޝައްކު ނުކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

"ފިނިފެންމާ" ގައި ގޮވާތަކެތި ހަރުކޮށް ރައީސް ޔާމީން އަވަހާރަކޮށްލަން ދިން ފިނޑި އުދުވާނީ ހަމަލަ އާއި އިއްޔެ އަތުލި ހަތިޔާރުތަކާ ގުޅުން އޮތް ކަމަށް ސިފައިންނާއި ފުލުހުން ބުނެފައިވާތީ ނުރައްކާތެރި އުުދުވާން ހިނގުގައ ތުހުމަތު ކުރެވި ހައްޔަރުކޮފައިވާ ފަރާތްތަކާއި އެކަމުގައި ބައިވެރިވާ އެންމެނަށް ހިންގަންޖެހޭ ޝަރީއަތް ވީހާވެސް އަވަސް ކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
"މިއީ މުޅީ ގައުމަށް ދިން ޓެރަރިޒަމްގެ އުދުވަނީ ހަަމަަލައެއް ކަމަށް ދެކޭތީ މި އަަމަލު ހިންގި ފަރާތްތަކަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދިބަު ދިނުމަށް ގޮވާލަމެވެ،"