ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވެކްސިން މާކެޓްގައި ވާދަވެރިކަން ބޮޑު: ޕޫޓިން

ކޮވިޑް ވެކްސިން އުފައްދާ ކުންފުނިތައް ތިބީ ޕްރެޝަރަށް އަރާފައި ކަމަށާއި 100 ބިލިއަން ޑޮލަރުގެ އަގު ހުރި ވެކްސިން މާކެޓުން ތަންކޮޅެއް ހޯދުމަކީ ހަނގުރާމައެއް ފަދަ ކަމެއް ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

ޕޫޓިން ވިދާޅުވީ ވެކްސިން މާކެޓަށް ވާދަ ކުރަނީ ނުބައިކޮށް ކަމަށާއި އެކަށީގެން ނުވާ ހެޔޮ އަގެއްގައި ވެކްސިން ވިއްކަނީ އެހެން ކުންފުންޏަކުން ނުގަތުމަށް ޝަރުތުކޮށް ކަމަށެވެ. ޕޫޓިން މިހެން ވިދާޅުވީ މޮސްކޯގައި އިންވެސްޓްމަންޓްތައް ފުޅާކޮށް ހިންގުމަށް ބޭއްވި ވީޑިއޯ މީޓިންއެއްގަ އެވެ.

"އެބަ ފެނޭ ވާދަވެރިން މާކެޓްގައި ފެތުރިގަންނަ ގޮތް،" ޕޫޓިން ވިދާޅުވި އެވެ. "ޑިސްކައުންޓް އަގެއްގައި ވެކްސިންކޮޅެއް ވިއްކާފައި އެބަ ބުނޭ، ދެން ހުރި ހުރިހާއެއްޗެއް ގަންނަން ވާނީ މި ކުންފުންނިންނޭ" އޭނާ ވިދާޅުވި އެވެ. ޕޫޓިން ވިދާޅުވީ އެއީ އަދި ދުޅަހެޔޮ ވާދަވެރިކަމެއް ނޫން ކަމަށެވެ.

ޕޫޓިން ވިދާޅުވީ 2020 ގައި ދުނިޔޭގެ އިގްތިސޯދު އިނދަޖައްސާލައިފި ކަމަށާއި ދެވަނަ ބޮޑު ހަނގުރާމައަށް ފަހު މިވަރުގެ ނިކަމެތިކަމެއް ދުނިޔެ ތަޖުރިބާ ނުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ތަޖުރިބާ ވަރަށް ހިތި ކަމަށާއި މަސައްކަތް ކުރެވެނީ އަޑިގުޑަންތަކުން އަރައިގަތުމަށް ކަމަށެވެ.

ރަޝިއާގެ ހާލަތު މިހާރު ކުރިއަށް ވުރެ ރަނގަޅު ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. ވެކްސިން އުފައްދައި އާންމުންނަށް ދޭން ފެށުމުން ކޮވިޑާއެކު އުޅެން ދަސްވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ހަލުއި ފިޔަވަޅުތަކެއް އަޅައިގެން ނޫން ގޮތަކަށް އިގްތިސޯދު ކޮޅަށްޖެހުން ދަތި ކަމަކަށް ވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.