ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އިންޑިއާއިން ގަންނަނީ ތިންލައްކަ ޑޯޒް

އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓެޑުން ތިން ލައްކަ ވެކްސިން ޑޯޒް ގަންނަން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން ބޭނުންވާ ވެކްސިން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓެޑުން ގަތުމަށް ނިންމާ އެކަމަށް ބޭނުންވާ ހާއްސަ ހުއްދަ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހާއްސަ ގަރާރަކުން ދީފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

މިނިސްޓަރު ސޮއި ކުރައްވައި އެ ދުވަހު އާއްމު ކުރި މާލިއްޔަތު ގަވައިދަށް ނުވަތަ ގަވައިދުން ބަޔަކަށް އަމަލު ކުރަން ނުޖެހޭ ގޮތަށް ކަނޑައެޅުމާބެހޭ ގަރާރުގައި ބުނެފައި ވަނީ، ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއަށް ބޭނުންވާ ވެކްސިން ހޯދަން ދިވެހި ސަރުކާރާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައިވާ ކަމަށެވެ.

މި ވެކްސިނަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔެއަށް ވެސް ބޭނުންޖެހިފައިވާ ވެކްސިނަކަށްވުމާއި އެ ވެކްސިން ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެމުން ނެތުމާާއި އަދި އެ ވެކްސިން މުޅި ދުނިޔޭގަައި ވެސް ދޫކުރަމުން ދަނީ ޕްރޮކިއުމަންޓް އުސޫލުތަކެއްގެ ދަށުން ކަމަށްވާތީ ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރި ކުރުމަށް ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން އެ އެއްބަސްވުމުގައި ސޮއި ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

މިގޮތުން، އަމަލު ކުރަން ނުޖެހޭ ކަމަށް ކަނޑައަޅާފައި ވަނީ، މާލިއްޔަތުގެ ގަވައިދުގެ ބީލަން ކުރުމުގެ މަރުހަލާތަކުގެ މާއްދާ އާއި، ކޮންޓްރެކްޓް ހަވާލު ކުރުމާއި، އެޑްވާންސް ފައިސާގެ ގޮތުގައި 15 ޕަސެންޓް ދެވޭ ގޮތަށް އޮތް މާއްދާގެ އިތުރުން އެގްރީމެންޓްކޮށްގެން ހަވާލުކުރާ މަސައްކަތެއް ލަސްވާނަމަ ގެއްލުމުގެ އަގު ދައްކަން ޖެހޭ މާއްދާ އެވެ.

ގަރާރުގައި އިތުރަށް ބުނީ އެ މާއްދާތަކަށް އަމަލު ކުރަން ނުޖެހޭ ގޮތަށް ކަނޑައަޅާފައި ވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓާއެކު ސޮއި ކުރެވޭ އެއްބަސްވުމުގެ މުއްދަތަށް ކަމަށާއި، އެ މުއްދަތުގައި އަމަލު ކުރަން ޖެހޭނީ އެ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ފަދައިން ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ކުރެވޭ ހަރަދުތަކުގެ އިންޓާނަލް އޮޑިޓެއް ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެ އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓެޑުން ތިން ލައްކަ ވެކްސިން ޑޯޒް ގަންނަން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމާ އެއްގޮތަށް ވެކްސިން ލިބި އަންނަ އޭޕްރީލް މަހުގެ ދެވަނަ ޑޯޒް ދޭން ފެށޭނެ ކަމަށެވެ. އަދި މާދަމާ ވެކްސިންގެ ފުރަތަމަ ބުރު ނިންމާލާއިރު ވެކްސިން ލިބުމުން ފުރަތަމަ ޑޯޒް ދޭން ފަށާނެ ކަމަށެވެ.

އިންޑިއާއިން ވެކްސިން ގަންނަން އާ ހުއްދައެއް ދީފައި ވަނީ އެސްޓެރެޒެނިކާގެ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީ އިން 700،000 ޑޯޒް ވެކްސިން ގަންނަން މިދިއަ ޑިސެމްބަރު 31 ގައި އެއްބަސްވުމަށް ފަހު އެވެ.

ނަޒްލާ ވިދާޅުވީ އެ 700،000 ޑޯޒް ވެކްސިންވެސް ލިބޭނެ ކަމަށާ ނަމަވެސް އެ ލިބޭނެ ތާރީހެއް މުޅީން ޔަގީންވާނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ.