ޓެކްނޯލޮޖީ

ގޫގުލްއިން އިންކޮގްނިޓޯ މޯޑް މައްސަލައާ ކުރިމަތިލާން ޖެހޭނެ

ގޫގުލް ކްރޯމް ބޭނުންުރާ މީހުންނަށް ހީވެފައި އޮންނަނީ އިންކޮގްނިޓޯ މޯޑްއަކީ ހިމާޔަތެއް ކަމަށެވެ. އިންކޮގްނިޓޯ މޯޑަށް ވަދެ ޓެބެއް ހުޅުވައި ބްރައުޒް ކުރުމުން އެކުރާ އެއްވެސް ކަމެއް އެނގޭނެ ބަޔަކު ނޫޅޭނެ ކަމަށެވެ. އެކަމަކު ހަގީގަތުގައި ކަންވަނީ އެހެނަކުން ނޫނެވެ. އިންކޮގްނިޓޯ މޯޑަކީ ވެސް ހިމާޔަތެއް ލިބޭ ނިވައިފަތްގަނޑަކަށް ނުވެ އެވެ.

ގޫގުލްއާ ދެކޮޅަށް ކޯޓުގައި ވަކާލާތުކުރާ މީހުން ބުނަނީ ގޫގުލްގެ ނިޔަތަކީ ބޭނުންކުރާ މީހުން ގަބޫލު ކުރުވުން ކަމަށެވެ. އެހެންވެ، އެއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ.

ގޫގުލްއިން ބުނަނީ އިންކޮގްނިޓޯ މޯޑަކީ "އިންވިސިބްލް" -- ޣައިބުވުމެއް -- ނޫން ކަމަށެވެ. ކްރޯމް ބެނުންކުރާ މީހުން ބޭނުން ކުރަނީ "ޕްރައިވަސީ ޕޮލިސީ" އަށް ރުހިގެން ކަމަށާއި އިންކޮގްނިޓޯ މޯޑަށް ބަދަލުވާ ކޮންމެ ފަހަރަކު އިންޒާރުގެ މެސެޖެއް ދެވޭ ކަމަށެވެ. ގޫގުލްއިން ބުނަނީ ބްރައުޒާގައި އަދި ޑިވައިސްގައި ބްރައުޒްކުރުމާ ގުޅުން ހުރި އެއްވެސް ހަރަކާތެއް ސޭވް ނުކުރާނެ ކަމަށާއި އެކަމަކު ވަންނަ ސައިޓްތަކުން ފަހަރެއްގައި އެމީހަކު ކުރާ ކަމަކާ ގުޅުން ހުރި މައުލޫމާތު ހޯދައި ރައްކާ ކޮށްފާނެ ކަމަށެވެ.

ގޫގުލްއާ ދެކޮޅަށް މައްސަލަ ޖައްސާ މީހުން ބުނަނީ މިއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ. އިންކޮގްނިޓޯ މޯޑަށް ފުރަތަމަ މަރުހަލާގައި ވެސް ވަންނަނީ ގޫގުލްއަށް އިތުބާރުކޮށް ކަމަށާއި އެތަން މިތަނުނުގައި އިންޒާރީ ނޯޓް ތަތް ކުރުމަކުން ޒިންމާ އަދާ ކުރެވުނު ކަމަށް ނުބެލެވޭނެ ކަމަށެވެ.

އިންކޮގްނިޓޯ މޯޑްގައި ބްރައުޒްކުރުމާ އާދައިގެ މޯޑްގައި ބްރައުޒްކުރުމާ ތަފާތުތަކެއް ހުންނަން ވާނެ ކަމަށާއި ނިވަލަން ވަންނަން ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމަށެވެ.

ގޫގުލްއިން މީގެކުރިން ވަނީ ޖީމެއިލް ބޭނުންކުރާ މީހުންގެ އީމެއިލްތައް ބޮޓްތައް ލައްވައި ނުކިޔާ ކަމަށް ވެސް ބުނެފަ އެވެ. އެހެން ނަމަވެސް ގޫގުލްގެ އޮފިޝަލުންގެ ތަލިހިކޭ ވަރަށް ހެކިދެއްކުމުން އެކަންކުރާ ކަމަށް ފަހުން ވަނީ އެއްބަސްވެފަ އެވެ.

އިންކޮގްނިޓޯ މޯޑްގެ މައްސަލަ މިހާރު އޮތް ހިސާބުން ގޫގުލްއަށް އެތިފަހަރެއް އަންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެކަމަކު މިމައްސަލަ މިވަނީ ވަރަށް ދިގުލާފަ އެވެ.