ޓެކްނޯލޮޖީ

ގޫގުލް މީޓްއަށް އާ ފީޗާތަކެއް

ގޫގުލް މީޓްއަށް ގެނައި އާފީޗާތައް އަމާޒުކުރަނީ މޮބައިލް ޑިވައިސްތަކަށް
0%
0%
0%

ގޫގުލް މީޓްއަކީ ޕްރީމިއަމް ވީޑިއޯ، ވީޑިއޯ ޗެޓް، އޮންލައިން މީޓިން އަދި ކުލާސްތައް ހިންގައިދޭ ހިދުމަތެކެވެ. މާނައަކީ ބޭނުން ކުރަން އަގު ދައްކަން ޖެހުމެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން ދުނިޔެ ގޭބަންދަށް ގޮވާލުމުން ގޫގުލް މީޓް އަތުޖެހޭ ފަށަށް އައީ އެވެ. މިއީ މި ސިނާއަތަށް ޒޫމް ގެނެސްދިން ވާދަވެރިކަމުގެ ސަބަބުން އައި ބަދަލެކެވެ.

ގޫގުލް މީޓްގައި އާ ފީޗާތަކެއް ހިމަނައިފި އެވެ. ބޭނުންކުރާ މީހުންނަށް ފަސޭހަ ކޮށް ދިނުމަށް އަދި ޑިވައިސްތަކަށް ހާއްސަކޮށް މޮބައި ޑިވައިސްތަކަށް އޯގާތެރި ފީޗާތަކެއް ވަނީ ހިމަނާފަ އެވެ.

މީޓް ބޭނުންކުރާ މީހުންނަށް އޮތް ވަގުތީ ފައިދާއަކީ ގޫގުލް ބުނާ ގޮތުން ޑާޓާ އަނދައިގެންދާ މިންވަރު ކޮންޓްރޯލް ކުރެވުމެވެ. މީޓްއަށް މިބަދަލު ވަނީ ގެނެސްފަ އެވެ. މޮބައިލް ޑިވައިސްތަކަށް އޮތް ލުޔަކީ ބެޓެރީ ހުލިވާ މިންވަރު މަތަ ކުރެވުން އަދި ޕްރޮސެސާއަށް ބާރު ކުޑަވުމެވެ. ގޫގުލުން ބުނީ މިބަދަލު މިހާރު ފެންނާނެ ކަމަށެވެ.

މީޓްއަކީ ގޫގުލުން ފޯރޮކޮށްދޭ ހިދުމަތެވެ. އެހެން ކަމުން އެންޑްރޮއިޑް ޑިވައިސްތަކުގައި ވަރަށް އާންމެވެ. އޮންލައިން ކުލާސްތަކާއި މީޓިންތައް އަދި ގާތްމީހުންނާއެކު ވީޑިއޯ ބައްދަލު ވުންތަކަށް މީޓް ބޭނުން ކުރެވޭ ނިސްބަތް މީގެ އެއްއަހަރު ކުރިއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއް މީޓް ހޯދާފައިވެ އެވެ.

ގޫގުލުން މިފަހަރު މީޓްއަށް ލުއިތައް ގެނެސްދިނީ މޮބައިލް އެޕްލިކޭޝަން ބޭނުންކުރާ ނިސްބަތް އިތުރުވަމުން އަންނާތީ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345