ސެރީ އޭ

މިލާނަށް ފުރުސަތު ގެއްލި އިންޓަ ތައްޓާ ކައިރިއަށް

ޓޮރިނޯގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އިންޓަ މިލާނުން 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ސޭރިއާ އޭ ހޯދުމުގެ އުންމީދު ބޮޑު ކޮށްފި އެވެ.

ލީގް ހޯދުމުގެ ފުރުސަތު އިންޓައަށް ބޮޑުވީ ވާަދަވެރި އޭސީ މިލާންގެ ލެޖެންޑް އަދި އެ ޓީމުގެ ކުރީގެ ކޯޗް ޖެނާރޯ ގަޓޫސޯ މިހާރު ކޯޗު ކޮށްދޭ ނަޕޯލީގެ ޓީމު އަތުން މިލާން ރޭ ބަލިވުމުންނެވެ.

އެއް ވަނައިގައި އޮތް އިންޓަ އާ އޭސީ މިލާން އާ ދެމެދު މިހާރު ހުރީ ނުވަ ޕޮއިންޓްގެ ބޮޑު ފަރަގެކެވެ. ޓޮރިނޯގެ ދަނޑުގައި އިންޓަ ކުޅުނު މެޗުގައި އިންޓަ މޮޅު ކޮށްދިން ލަނޑު ލައުޓާރޯ މާޓިނޭޒް ކާމިޔާބު ކުރީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. އޭގެ ކުރިން ރޮމެލޫ ލުކާކޫ ޕެނަލްޓީން އިންޓައަށް މެޗުގެ ފުރަތަމަ ލީޑް ނަގައިދިން ނަމަވެސް ޓޮރިނޯގެ ސަނާބްރިއާ 70 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަ ކުރި އެވެ.

މިލާން އާ ދެކޮޅަށް ނަޕޯލީ ކުޅުނު މެޗު ކާމިޔާބު ކުރީ 1-0 ންނެވެ. ނަޕޯލީގެ ލަނޑު މަޓޭއޯ ޕޮލިޓާނޯ ކާމިޔާބު ކުރީ 99 ވަނަ މިނެޓްގަ އެވެ.

ކަލިއަރީ އާ ދެކޮޅަށް 3-1 ން ޔުވެންޓަސް ކާމިޔާބު ކުރީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކުންނެވެ. ރޮނާލްޑޯގެ ދެ ވަނަ ލަނޑަކީ ޕެނަލްޓީ އަކުން ކާމިޔާބު ކުރި ލަނޑެވެ. ޖިއޮވާނީ ސިމިއޯނޭ އެވެ. އެއް މެޗު މަދުން ކުޅެފައިވާ ޔުވެންޓަސް ވަނީ، ދެ ވަނައިގައި އޮތް މިލާން އާ އެއް ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފަ އެވެ.