ޕްރިމިއާ ލީގް

ޕެޓްރީސިއޯ ހޭނެތުމުން ލިވަޕޫލްގެ މޮޅު، ފަނޑުވި

ވޯލްވާ ހެމްޓަން ވޮންޑާސް (ވޮލްވްސް) އާ ދެކޮޅަށް ލިވަޕޫލް 1-0 ން މޮޅުވި މެޗުގައި، ވޮލްވްސްގެ ކީޕަރު ރުއީ ޕެޓްރީސިއޯގެ ބޮލަށް އަނިޔާވެ އޭނާ ހޭނެތިގެން މެޗުގެ ފަހު ވަގުތު ފަރުވާން ޖެހުނެވެ.

ޑިއޭގޯ ޖޯޓާ ފުރަތަމަ ހާފުގައި ކާމިޔާބު ކުރި ލަނޑުން ލިވަޕޫލް މޮޅުވެ ގަދަ ހަތަރަކާ ގާތް ކުރި ނަމަވެސް ލިވަޕޫލް މޮޅުވި ވާހަކަ ވީ ފަނޑެވެ. ދެ ވަނަ ހާފުގައި ޕެޓްރީސިއޯ އަނިޔާވީ އޭނާގެ ޓީމު މޭޓް ކޯނާ ކޯޑީގެ ކަކުލުން ބޮލުގައި ޖެހިގެނެވެ. އެ ދެ ކުޅުންތެރިން އެކުއެކީގައި މަސައްކަތް ކުރީ ލިވަޕޫލްގެ މުހައްމަދު ސަލާހް ފޮނުވާލަން އުޅުނު ބޯޅަ ހުއްޓުވާށެވެ، ކޯޑީގެ ކަކުލުން ޕެޓްރީޝިއާ ބޮލުގައި ޖެހުނެވެ.

ވޯލްވްސްގެ ކޯޗް، ނޫނޯ އެސްޕްރީޓޯ ސަންޓޯ ބުނީ، ޕެޓްރީސިއޯގެ ބޮލުގައި ޖެހުމުން އޭނާ ހޭނެތުނު ކަމަށެވެ. ޕެޓްރީސިއޯއަށް ފަރުވާ ދޭން 15 މިނެޓް ހޭދަ ކުރަން ޖެހުނެވެ.

"ޑޮކްޓަރުންގެ ފަރާތުން ލިބޭ އަޕްޑޭޓަކީ އޭނާ [ޕެޓްރީސިއޯ] ރަނގަޅު ކަމަށް. އޭނާ ހޭނެތުނު އަދި ހަނދާން ހުރި ވީ ކިހިނެއްކަން ވެސް،" މެޗަށް ފަހު ނޫނޯ ބުންޏެވެ. "އެހެން ނަމަވެސް ކުރިއަށް އޮތް 48 ގަޑިރު އޭނާއަށް ވަރަށް މުހިންމާ. އަހަރެމެން ޖެހޭނެ އެކަމަށް ބަލަން. ނަމަވެސް އޭނާ ވަނީ ރަނގަޅު ހާލަތުގައި."