ޕްރޮމޯޝަން

ރޯދައާއި ދިމާކޮށް ލިންކް ސާވް އިން ސޯލާ ޕަވާގެ ޕްރޮމޯޝަނެއް

ރޯދައާއި ދިމާކޮށް ސޯލާ ޕަވާ ސިސްޓަމްގެ ހާއްސަ ޕްރޮމޯޝަނެއް ލިންކް ސާވް އިން ފަށައިފި އެވެ.

ލިންކް ސާވް އަކީ ކަރަންޓު ހަރަދު ކުޑަކުރުމާއި އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރުމަށް އެއްބާރުލުން ދިނުމަށްޓަކައި ސޯލާ ޕަވާ ސިސްޓަމްސް ވިއްކުމާއި ހަރުކޮށްދިނުމުގެ ހިދުމަތް ދެމުން އަންނަ ބައެކެވެ. މިއަހަރުގެ ރޯދައާއި ދިމާކޮށް ކަރަންޓު ހަރަދު ކުޑަކޮށްދޭ ސޯލާގެ ހާއްސަ ޕްރޮމޯޝަން ލިންކް ސާވް އިން ފަށައިފައި ވަނީ އިއްޔެ އެވެ. މި ޕްރޮމޯޝަން އަންނަ މަހުގެ 15 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ލިންކް ސާވް އިން ބުނީ މި ޕްރޮމޯޝަނުގައި މިވަގުތު މާކެޓްގެ އެންމެ ހެޔޮ އަގުގައި ސޯލާ ޕަވާ ސިސްޓަމް ލިބޭނެ ކަމަކަށާއި މީގެ ދަށުން 1.5 ކިލޯވޮޓް ގެ ސޯލާ އޮންގްރިޑް ސިސްޓަމް ލިބޭނެ ކަމަށެވެ. އަދި ލިންކްސާވް އިން ވިއްކާ ސޯލާ ޕެނަލް ތަކަށް 20 އަހަރު ދުވަހުގެ ވޮރެންޓީ އަދި އިންވާޓަރަށް 10 އަހަރު ދުވަހުގެ ވޮރެންޓީ ލިބިގެންދާނެ ކަމަށެވެ.

މި ޕުރޮމޯޝަންގެ ދަށުން ވިއްކާ ސޯލާ ޕެކޭޖްގައި ހިމެނޭނީ 1.5 ކިލޯވޮޓް ގެ އިންވާޓަރަކާއި، 6 ސޯލާ ޕެނަލް (275 ކިލޯވޮޓް) އަދި ޕެނަލްތަކަށް ބޭނުންވާ ކަނެކްޓަރެވެ.

ލިންކްސާވް އިން އިތުރަށް ބުނީ އެތަނުން ވިއްކާ ސިސްޓަމް ތަކަށް އާފްޓާރ ސޭލްސް ސާވިސް ލިބޭނެ ކަމަށާއި، މި ސިސްޓަމްއަށް ނެޓް މީޓަރިންގ ކަނެކްޝަން ހެދުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއިންވެސް މިދަނީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރަމުންނެވެ. ރާއްޖެ އަކީ ޓުރޮޕިކަލް ގައުމަކަށް ވުމުން އެންމެ ފަސޭހަކަމާއިއެކު ބޭނުންކުރެވޭ ބާވަތަކީ އިރުން ނަގައިގަނެވޭ ހަކަތަ (ސޯލާ ޕަވާ) އެވެ.