ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކަނބަލުން ބަންގްލަދޭޝްއަށް ވަޑައިގެންފި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ބަންގްލަދޭޝްއަށް ވަޑައިގެންފި އެވެ.

ބަންގްލަދޭޝް އިން ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ އެގައުމުގެ ރައީސް އެމް.ޑީ. ޢަބްދުލް ހާމިދާއި، އަނބިކަނބަލުން ރާޝިދާ ހާމިދެވެ. ރައީސް ވަޑައިގަތުމުން 21 ބަޑީގެ ސަލާމެއް އަރުއްވައި، އެމަނިކުފާނުގެ ޝަރަފުގައި ގާޑް އޮފް އޮނާއެއް ވަނީ ބާއްވާފަ އެވެ.

ސަރުކާރުގެ އިސް އޮފިޝަލުން ވެސް ރައީސް އާއި އެކު ބައިވެރިވި މި ދަތުރުފުޅުގައި ބަންގްލަދޭޝްގެ ބާނީ ޝައިހް ހަސީނާ އަށް 100 އަހަރު ފުރުމާއި ގުޅިގެން ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ޝައިހް ހަސީނާ އާއި އެގައުމުގެ އިސް ވެރިންނާއި ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި މަޝްވަރާތަކެއް ކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ދެ ދުވަހަށް ރައީސް ކުރައްވާ މިދަތުރުފުޅުގައި ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ކޮވިޑް-19 އިން އަރައިގަތުމުގެ ގޮތުން ރާައްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ބަންގްލަދޭޝް ޗަރުކާރުން އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.