ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އެޑިއުކޭޝަން

އޮންލައިންކޮށް ކިޔަވައިދިނުން އިތުރު ހަފްތާއަކަށް

މާލެ ސަރަހައްދުގެ ސުކޫލުތަކުގައި އެލްކޭޖީއިން ފެށިގެން ގުރޭޑް 6 އަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ނިންމުން އިތުރު ހަފްތާއަށް ދަންމާލައިފި އެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އަދިވެސް ރަނގަޅެއް ނޫނެވެ. އަދި ރާއްޖެ މިހާރު އޮތީ ކޮވިޑްގައި މިހާތަނަށް ތަޖުރިބާ ނުކުރާ ފަދަ ގޯސް ހާލަތެއްގައި ކަމަށްވެސް އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ހަފްތާއަށް މާލެ ސަރަހައްދުގެ ސުކޫލުތަކުގައި އެލްކޭޖީއިން ފެށިގެން ގުރޭޑް 6 އަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ. އެ ނިންމުން ނިންމީ އެޗްޕީއޭއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށްވެސް ބުންޏެވެ.

އަދި ގުރޭޑް ހަތަކުން ފެށިގެން 12 ގެ ދަރިވަރުން ސުކޫލަށް ހާޒިރުވެ ކިޔެވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.