ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދިއްދޫ އަމާންވެށިން 15 މީހަކު ޕޮޒިޓިވް

ހއ. ދިއްދޫގައި ހުންނަ އަމާން ވެށިން މިހާތަނަށް 15 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އަމާން ވެށިން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ އެތަނުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެކެވެ. އޭގެ ފަހުން މިހާތަނަށް 15 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއަދުވެސް ހަތަރު މީހަކު ޕޮޒިޓިވްވިއެވެ. ޕޮޒިޓިވްވެފައިވަނީ ހަތަރު ސްޓާފުންނާއި 11 ކުއްޖެކެވެ.

އަމާން ވެށީގައި ތިބީ 15 ކުއްޖެކެވެ.

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން އަމާން ވެށީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައެވެ.