ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޅޮހިން މިހާތަނަށް 19 މީހަކު ޕޮޒިޓިވްވެއްޖެ

ނ. ޅޮހިން މިހާތަނަށް 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ޅޮހިން ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ކަމަށާ އެއީ ފުރަބަންދު ކަރަންޓީނުން ވީއްލުމުގެ ކުރިން ޓެސްޓް ކުރި މީހެއް ކަމަށެވެ. ކަރަންޓީން މުއްދަތުގައި އޭނާއާ ބައެއް މީހުން ބައްދަލްވެފައިވާތީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު މީހުން ޓެސްޓް ކޮށްފައިވާއިރު މިހާތަނަށް 19 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުން އެ ރަށުން މީހަކު ޕޮޒިޓިވްވީ މިއަދު އެވެ. އެއީ ހަތަރު މީހެކެވެ.