އުރީދޫ

އުރީދޫން ދުނިޔޭގެ ފެންވަރު ޑޭޓާ ސެންޓަރެއް ހަދައިފި

Mar 19, 2021

ބައިނަލްއަގްވާމީ ފެންވަރުގެ "ޓިއާ-3" ސަޓިފިކޭޝަނަށް އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ޑޭޓާ ސެންޓެއް ހަދައިފި އެވެ.

ހުޅުމާލޭގައި އުރީދޫން ހެދި، އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު (އޯއެމްޑީސީ) އަކީ ކުންފުނިތަކުގެ ޑިޖިޓަލް ހިދުމަތް ދިނުމުގައި ހިދުމަތްތަކުގެ އޮޕަރޭޝަން މެދުކެނޑުމެއް ނެތި ކުރިއަށްގެންދިއުމަށް ބޭނުންވާ ވަރުގަދަ އިންޓަނެޓް ކަނެކްޝަން، ސްޓޯރޭޖް އަދި ކުންފުނިތަކުގެ މުހިންމު ޑޭޓާތަކަށް އިތުބާރާއެކު ރައްކާތެރިކަން ފޯރުކޮށްދެވޭ ބައިނަލްއަގުވާމީ ފެންވަރުގެ ސެންޓަރެކެވެ.

ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީ ވަމުންއަންނަ ހުޅުމާލޭގައި ގާއިމް ކޮށްފައިވާ މި ޑޭޓާ ސެންޓަރުގެ އެހީގައި ރާއްޖެއާއި ރާއްޖެ އިން ބޭރުގެ ކުންފުނިތަކާއި، ސަރުކާރު އިދާރާތަކަށް އަދި ޓުއަރިޒަމް ދާއިރާގެ ހިދުމަތްތައް ފުޅާކޮށް އައު އިޖާދީ ޑިޖިޓަލް ހިދުމަތްތައް ތައާރަފުކޮށް ދާއިރާތައް ކުރިއެރުވުމުގައި އެތައްގުނައަކުން ފަސޭހަވެގެންދާނެ އެވެ.

އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ނަޖީބު ހާން ވިދާޅުވީ އަލަށް ގާއިމް ކުރި ޑޭޓޭ ސެންޓަރާއެކު މިއީ އުރީދޫ މޯލްޑިވްސްގެ ތާރީހުގައި ފަވާލެވޭ ކުލަގަދަ ދުވަހެކެވެ.

"ދުނިޔެއަށް ހުޅުވާލެވޭ މިފަދަ ޑޭޓާ ސެންޓަރުތަކުގެ ހިދުމަތް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާވެ، ބޭނުންކުރާ އަދަދުވެސް އިތުރުވެގެން ދާނެ. ޑޭޓާ ސެންޓަރުތަކުން ދެވޭ ހިދުމަތްތަކަކީ ވިޔަފާރިތަކާއި ކުންފުނިތަކުގެ ކުރިއެރުމަށް އިންތިހާއަށް މިއަދު ބޭނުންވެފައިވާ ހިދުމަތަކަށް ވީއިރު، ރާއްޖޭގައި މިފަދަ ސެންޓަރެއް ގާއިމްވުމާއެކު ރާއްޖޭގެ ވިޔަފާރިތަކުގެ އިތުރުން ސަރަހައްދީ ވިޔަފާރިތަކަށް ވެސް، ވިޔަފާރިތަކުގެ ޑޭޓާ ރާއްޖޭގައި ހޮސްޓްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ،" ނަޖީބު ވިދާޅުވި އެވެ. "މެދުކެނޑުމެއްނެތް އިންޓަނެޓްގެ ހިދުމަތާއިއެކު ރާއްޖެއިން ބޭރުގެ ސާވާތަކުގައި ހޮސްޓް ކުރުމުން ދިމާވާ ދަތިތަކުން އަރައިގަނެވި އެތަކެއް ފުރުސަތުތަކެއް ވިޔަފާރި ތަކަށް ހުޅުވިގެންދާނެ."

އުރީދޫ ޑޭޓާ ސެންޓަރު، އޯއެމްޑީސީއަކީ ޓިއާ-3 ސެޓިފިކޭޝަން ރެޑީ، ފުޅާ ދާއިރާއެއްގެ ހިދުމަތްތަކެއް ލިބިގެންދާނެ ސެންޓަރެކެވެ.

މި ތަން ބިނާ ކޮށްފައި ވަނީ ކާރިސާތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ބަލާ ރައްކާތެރިވުމަށް އަޅަންޖެހޭ ވަރުގަދަ ފިޔަވަޅުތަކާއެކު އެވެ. މީޑިއަމް އެންޑް ހައި ޑެންސިޓީ ރެކްސްޕޭސް އާއި އެކު، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޑޭޓާ ހޮސްޓު ކުރެވޭނެ އެވެ.

މި ޑޭޓާ ސެންޓަރު ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް އެންމެ ރައްކާތެރިކަމާއިއެކު ޑޭޓާ ސްޓޯ ކުރުމާއި ލިބިގަތުމުގެ ފަސޭހަ މާހައުލަކާއި އެކުއެވެ.