ދުނިޔެ

"ޗައިނާއާ ކްރައިމިއާއާއެކު އޮންނަނީ ވިޔަފާރި ގުޅުމެއް"

ޗައިނާއާ ކްރައިމިއާއަކީ ވިޔަފާރީގައި ޒަމާންވީ ބައިވެރިން ކަމަށާއި ގުޅުން ސިޔާސީ ކުރުން ބުއްދިވެރި ނޫން ކަމަށް ޗައިނާއިން ކިއެވްއަށް އަންގައިފި އެވެ. ކިއެވްއަކީ ޔުކްރޭންގެ ވެރިރަށެވެ.

ޗައިނާގެ ކުންފުނިތަކުން ކްރައިމިއާގެ ކުންފުނިތަކާއެކު ވިޔަފާރި ގުޅުން ދަމަހައްޓާތީ ފެންނަންވާނީ ހަމައެކަނި މިއަދު ނޫން ކަމަށް ވެސް، ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޖައޮ ލީޖިއަން ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ ވިޔަފާރި މާކެޓްގައި މާނާ އެއްވެސް ކަމެއް ކްރައިމިއާގައި ޗައިނާ ކުންފުނިތަކުން ނުކުރާ ކަމަށާއި ކިއެވްއާ ގުޅުން ހުރި ސިޔާސީ ބައިންވެރިން ބުނާހާ ގޮތެއް ހެދުމުން ކިއެވްއަށް ވަކި މަންފާއެއްނުކުރާނެ ކަމަށެވެ.

ޔުކްރޭނުން މިހާރު ރުޅިއަރާއިގަނެގެން އުޅެނީ ޗައިނާގެ ވަފުދެއް ކްރައިމިއާއަށް ދިއުމުންނެވެ. ކްރައިމިއާއަކީ ދުނިޔެ ގަބޫލުކުރާ ގޮތުން ޔުކްރޭންގެ ބައެކެވެ. އެހެން ނަމަވެސް ރަޝިއާއިން ކްރައިމިއާއަށް އަރައިގަނެ ވަނީ ތަންގަނޑެއް އަތުލާފަ އެވެ. އަދި އެބައިގައި ވެރިކަން ހިންގަނީ ރަޝިއާއިންނެވެ. މިކަމުގައި އޮތް ހަގީގަތަކީ ރަޝިއާގެ ވެރިކަމުގެ ދަށުގައި އޮންނަން ކްރައިމިއާގެ ބޮޑު އާބާދީއެއް އެދޭ ކަމެވެ.

ޗައިނާއިން މިދާކަށް ދުވަހު ކްރައިމިއާއަށް ދިއައީ ވިޔަފާރީ ފުޅާކޮށް ދަނޑުވެރިކަމާ ޓޫރިޒަމް ވިޔަފާރީގައި ބައިވެރިވެވެން ހުރި ނިސްބަތް އަންދާޒާކުރަން ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ކްރައިމިއާ ކަސްޓަމްސް ސާވިސްއިން ބުނާ ގޮތުން އެގައުމަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމުތަކަކީ ތުރުކީ، އިޓަލީ، ޗައިނާ އަދި ސާބިއާ އެވެ. ކްރައިމިއގައި އުފައްދާ ސައިފަތާއި އައިސްކްރީމް އަކީ ޗައިނާގައި މަގުބޫލު އުފެއްދުންތަކެއް ކަމަށް ވެސް ކްރައިމިއާއިން ބުނެ އެވެ.