އުރީދޫ

އުރީދޫ ކްލަބް ޕްރިމިއާ މެންބާޝިޕް ކާޑު އިތުރު ކަސްޓަމަރުންނަށް

Nov 2, 2015

އުރީދޫ މޯލްޑިވްސްގެ ޕޯސްޓް ޕެއިޑް "ޕްލެޓިނަމް" ކަސްޓަމަރުންނަށް ގިނަ މަންފާތައް ލިބޭ "ކްލަބް މެންބާ ޝިޕް" ކާޑު އިތުރު ކަސްޓަމަރުންނަށް ދީފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ "އުރީދޫ ކްލަބް ޕްރިމިއަމް ރިވާޑް" ސްކީމް މެދުވެރިކޮށް ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް މިހާރު ލިބިގެންދާނެ ކަމަށެވެ. އެގޮތުން މި ސްކީމަކީ ދުނިޔޭގެ އެކި ހިސާބުތަކުން ރިވާޑް ލިބޭނެ ސްކީމެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އެ ކުންފުނީގެ ޕޯސްޓް ޕެއިޑް ޕްލެޓިނަމް ކަސްޓަމަރުންނަށް "ކްލަމް ޕްރިމިއާ" އަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށެވެ.

"ކްލަބް ޕްރިމިއާއަކީ އުރީދޫގެ އެންމެ އަގު ހުރި ކަސްޓަމަރުންނަށް ޝުކުރު އަދާކޮށް އެ ބޭފުޅުންގެ އަގު ވަޒަން ކުރުމަށް ތައާރަފު ކުރެވިފައިވާ ވަރަށް އަގު ހުރި ރިވާޑް ސްކީމެއް. މިއީ އުރީދޫ ކަސްޓަމަރުންނަށް އެންމެ އެދެވިގެންވާ ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ މިސާލެއް،" ވިކްރަމް ވިދާޅުވި އެވެ.

އުރީދޫ ޕްރިމިއާ މެންބަރުންނަށް ލިބޭ ފައިދާތަކުގެ ތެރޭގައި:

  • ލިކް ސާވް، ލެކިއުޓް، ޝެލްބީން އަދި ސޮނީފަދަ ރާއްޖޭގެ މަޝްހޫރު ބްރޭންޑްތަކުން 15 ޕަސެންޓުގެ ޑިސްކައުންޓް ލިބުން.
  • މި ބްރޭންޑްތަކުން ހިލޭ މެންބާ ޝިޕް، ރިވާޑް ބެނެފިޓްސް، އަދި ކުރެވޭ ކޮންމެ ވިޔަފާރިއަކާއެކު ލޯޔަލްޓީ ޕޮއިންޓް އިތުރުވޭ
  • ޕްރިމިއާ ކަސްޓަމަރުންނަށް 24 ގަޑިއިރު ހިދުމަތް ހޯދުމަށް ހާއްސަ ހޮޓް ލައިނެއް ހުރޭ
  • ކަސްޓަމާ ސާވިސަސް ސެންޓަރުން ހާއްސަ ވީއައިޕީ ސާވިސްއެއް ލިބޭ
  • އުރީދޫ ގްލޯބަލް ޕާޓަރު، "ޕްރަޔޯރިޓީ ޕާސް" މެދުވެރިކޮށް 120 ގައުމެއްގެ 400 ސިޓީއެއްގެ ބިޒްނަސް ލައުންޖުތަކުން ހިދުމަތް ލިބޭ
  • ކޮންމެ އެއާލައިނަކުން ވެސް ޕްރީމިއާ މެންބަރުންނަށް 700 އަށްވުރެ ގިނަ ބިޒްނަސް ލައުންޖްތަކަށް ހިލޭ ހިދުމަތް ލިބޭ
  • މި ލައުންޖުން ހިލޭ ކެއުން، އިންޓަނެޓު އަދި އެހެނިގެން މުނިފޫހި ފިލުވުމުގެ ހިދުމަތް ލިބޭ