ވިޔަފާރި

ގަތަރު އެއާވޭސްގެ "ޑޯންޓް ޖަސްޓް ޑްރީމް އިޓް، ޕްލޭން އިޓް" ޕްރޮމޯޝަން ހުޅުވާލައިިފި

ގަތަރް އެއާވޭސް އިން "ޑޯންޓް ޖަސްޓް ޑްރީމް އިޓް، ޕްލޭން އިޓް" ގެ ނަމުގައި މުޅިން އާ ގްލޯބަލް ޕްރޮމޯޝަނެއް ހުޅުވާލައިފި އެވެ.

ދުނިޔޭގައި މިހާރު އެންމެ އަވަސް ސްޕީޑެއްގައި ކުރިއަރަމުން އަންނަ އެއް އެއާފްލީޓް ކަމަށްވާ ގަތަރް އެއާވެސް އިން ހުޅުވާލި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓްތައް ދެ އެވެ. އަދި ޚާއްސަ ފެއާގެ ދަށުން ދުނިޔޭގެ އެންމެ މަގްބޫލް 150 ޑެސްޓިނޭޝަން އަށް ދަތުރު ކުރުމުގެ ފުރުސަތު ލިބެ އެވެ.

މިގޮތުން އެކޮނޮމީ އާއި ބިޒްނަސް ކްލާސް ގައި ކަސްޓަމަރުންނަށް އެންމެ މަތިން 30 ޕަސެންޓް ޑިސްކައުންޓަކާއެކު ޔޫރަޕާއި، މެދުއިރުމަތި އަދި އޭޝިއާ ޕެސިފިކްގެ އިތުރުން އެމެރިކާގެ މަގްބޫލް ސިޓީތަކަށް ދަތުރުކުރެވޭނެ އެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޫކިންގް ހަދަން ޖެހޭނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހާ ހަމައަށެވެ. ނަމަވެސް ޕްރޮމޯޝަންގެ ދަށުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ 15 އިން ޖޫން 30 ގެ ނިޔަލަށެވެ. ބޫކިން ހެދޭނީ ގަތަރް އެއާވޭސް ސޭލްސް އޮފީސް އަށް ޒިޔާރަތް ކޮށްގެންނާއި، ޓްރަވެލް އޭޖުންޓުންގެ އެހީގަ އާއި ވެބްސައިޓްގެ ޒަރީޔާއިންނެވެ.

ގަތަރު އެއާވޭސްގެ ނާއިބު ރައީސް އިހާބް ސޯރިއަލް ވިދާޅުވީ އެ އެއާލައިން އިން މިފަހަރު ހުޅުވާލި ޕްރޮމޯޝަނަކީ އަލަށް ދުނިޔޭގެ އެކިއެކި ސިޓީ ތަކަށް ޒިޔާރަތްކުރަން ބޭނުންވާ މީހުންނަށް އޮތް ރަނުގެ ފުރުސަތެއް ކަމަށާއި ގަތަރް އެއާވޭސް އިން މިފަހަރު ވާނީ އެ އެއާލައިން ދޭ ޚިދުމަތްތަކާއި މެހުމާންދާރީގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުކޮށްފައި ކަމަށެވެ.