އިނގިރޭސި ވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީގެ ކޯހަކުން އެމްއެންޑީއެފުގެ ސާޖަންޓް ފިރުޝާނާ ތައުފީގު އެއްވަަނަ ހޯދުމާއި ގުޅިގެން ރައީސުލް ޖުމުހުރިއްޔާ އަދި ސިފައިންގެ ވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައިސް ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ކޯހަކުން ފިރުޝާނާ އެއްވަނަ ހޯދާފައި ވުމަކީ މުޅި ގައުމު އެކަމަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި ފިރުޝާނާ އަކީ އެފަދަ ކޯހެއްގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ އަންހެނާކަން ވެސް ރައީސް ފާހަގަ ކުރައްވާފައި ވެއެވެ.
ފިރުޝާނާގެ ކާމިޔާބީއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
އިނގިރޭސި ވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީއަކީ މުޅި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަ ކޮށްލެވޭ އެކެޑަމީ އެކެވެ.