ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ގުޑުގުޑާ ޝެއާ ނުކުރޭ، ވަރަށް ނުރައްކާ!

Mar 22, 2021
1

ގުޑުގުޑާ އާއި ޝީޝާ އަދި ވޭޕް، ސުއްޓާ / ސިގިރޭޓް ފަދަ ތަކެތި އެކަކު އަނެކަކަށް "ޝެއާ" ކުރުމުން ކޮވިޑް-19 ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާ އެހެން ކަމުން އެފަދަ ކަމެއް ނުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސެއް ކޮށްފި އެވެ.

ކޮވިޑް-19 ގެ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ދަށުން ކެފޭތަކާއި ރެސްޓޯރަންޓުތަކުގައި ޝީޝާ ބުއިމާއި ޝީޝާގެ ހިދުމަތް ދިނުން މަނާ ވެސް ކުރި އެވެ. ނަަމަވެސް ފަހުން އެ ހުއްދަ ވަނީ ދީފައެވެ.

ގުޑުގުޑާ އާއި ޝީޝާ އަދި ވޭޕް އާއި ސުއްޓާ / ސިގިރޭޓް އިސްތިއުމާލު ކުރުމަކީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް ފެތުރިފައިވާ ކަމެކެވެ. ގުޑުގުޑާ އާއި ޝީޝާގެ ހިދުމަތް ދޭ ތަންތަން މާލޭގައި ވަރަށް ގިނަ އެވެ. އެ ހިދުމަތް ހޯދަން ގިނަ ބަޔަކު އެކުވެގެން ދާއިރު އެއް ޝީޝާ އެތައް ބަޔަކު ޝެއާ ކުރެއެވެ. އަދި ޝީޝާ ބޯން އެ ހިދުމަތް ދޭ ތަންތަނުގައި ވަކިވަކި ކުދި ކޮޓަރިތައް ހަދާފައި ހުންނައިރު އެތަންތަން އޮންނަނީ ދުމުން ފުރިފަ އެވެ.

އެޗްޕީއޭއިން ގެންދަނީ އާންމުން އެކަމަށް ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރަމުންނެވެ. އެޗްޕީއޭއިން ބުނީ ގުޑުގުޑާ އާއި ޝީޝާ އަދި ވޭޕް އާއި ސުއްޓާ / ސިގިރޭޓް ފަދަ ތަކެތި އެކަކު އަނެކަކަށް ޝެއާ ކުރުމުން ކޮވިޑް-19 ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އަދި އެފަދަ އިސްތިއުމާލެއް ކުރާ މީހަކަށް ކޮވިޑް ޖެހިއްޖެނަމަަ ހާލަތު ގޯސްވެ ބޮޑުވަރުވުމަށް މަގުފަހިވާ ކަމަށެވެ.

އެ އެޖެންސީން ވަނީ ދުންފަތުން އަދި ދުންފަތުގެ ދުމަށް ހުށައެޅޭ މާހައުލުތަކުން ވެސް ދުރުވަން އިލްތިމާސް ކޮށްފައެވެ.