ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސިނޯފާމް

މިވަގުތު ހުރީ ސިނޯފާމް ވެކްސިންގެ 18،000 ޑޯޒް

ޗައިނާގެ ސިނޯފާމް ވެކްސިން ރާއްޖޭގައި މިއަދު ޖަހަން ފަށާއިރު މިވަގުތު ހުރީ 18،000 ޑޯޒް ވެކްސިން ކަމަށް ހެލްތު އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން އައީ އިންޑިއާގައި އުފައްދަމުން އައީ ކޮވިޝީލްޑް ވެކްސިނެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަަމަ ޑޯޒް ދިނުން ހުއްޓާލާފައި އޮތުމަށް ފަހު އަލުން ވެކްސިން ދޭން ފަށާފައިވާ ކަމަށެވެ. މިއަދު ޖަހަމުން ދަނީ ޗައިނާގެ ސިނޯފާމް ވެކްސިނެވެ.

އެޗްއީއޯސީން ބުނީ މިވަގުތު ރާއްޖޭގައި ހުރީ 18،000 ޑޯޒް ވެކްސިން ކަމަށެވެ.

ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ޗައިނާގެ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) ގެ 200،000 ޑޯޒް ރާއްޖެއަށް ހަދިޔާ ކުރާނެ ކަމަށް އެ ގައުމުން ވަނީ ހާމަ ކޮށްފައެވެ. ނަމަވެސް އެ ވެކްސިން އަދި ނުލިބެ އެވެ. އެޗްއީއޯސީން ބުނީ ވެކްސިން ލިބޭނެ ސީދާ ތާރީހެއް އަދި ޔަގީން ނުވި ނަމަވެސް މިހާރު ހުރި 18،000 ޑޯޒް ހޯސްވުމުގެ ކުރިން އިތުރު ވެކްސިން ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަަށެވެ.

ސިނޯފާމްގެ ވެކްސިނާއި ފައިޒާ-ބަޔޯންޓެކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދިނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. މި ދެ ވެކްސިނުގެ ތެރެއިން ސިނޯފާމް ވެކްސިނަކީ އީޔޫގެ ހުއްދަ ނުލިބޭ ވެކްސިނަށް ވުމުން ގިނަ ކަންކަމަށް ބަލާފައިވެ އެވެ. އެ ގޮތުން ކުންފުނީގެ މައުލޫމާތާއި ދުނިޔޭގައި އެ ވެކްސިނަށް ހުއްދަ ދިން ގައުމުތަކާއި ވެކްސިން އުފައްދާ ކުންފުނީގެ ފެންވަރު ހިމެނެ އެވެ. ނަމަވެސް ސިނޯފާމް ވެކްސިނަށް އީޔޫއިން ވަރަށް އަވަހަށް އެޕްރޫވަލް ދޭން ވަނީ ނިންމާފަ އެވެ.

ރާއްޖެއިން ވަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓެޑުން ތިން ލައްކަ ވެކްސިން ޑޯޒް ގަންނަން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެސްޓެރެޒެނިކާގެ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީ އިން 700،000 ޑޯޒް ވެކްސިން ގަންނަން މިދިއަ ޑިސެމްބަރު 31 ގައި އެއްބަސްވުމެއް ހަދާފައިވެއެވެ. ނަމަވެސް އެ ވެކްސިން ލިބޭނެ ދުވަހެއް އަދިވެސް ޔަގީން ނުވެއެވެ.