އަހަރެމެންނަށް ހީވެފައި އޮންނަނީ މުއްދަތު ހަމަވުމަށް ފަހު އެއެއްޗެއް ކުނިވީ ކަމަށެވެ. ތަޖުރިބާކާރުން ވިދާޅުވަނީ މިއީ ހުރިހައި އެއްޗަކާ މެދު އަމަލު ކުރެވޭ އުސޫލެއް ނޫން ކަމަށެވެ. މުއްދަތު ހަމަވުމަށް ފަހު ވެސް ކާލަން ފައްކާ ކިތަންމެ އެއްޗެއް ހުންނަ ކަމަށެެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނަނީ މުއްދަތު ހަމަވާ ތާރީހަކީ ބޮޑު އޮޅުމެއް ކަމަށެވެ. އުކާ ނުލައި ފަރުޖެއްސިދާނެ ކިތަންމެ އެއްޗެއް އެތާރީހާ ހެދި އުކާލެވޭ ކަމަށެވެ. ގޭބިސީތަކުން އުކާލާ ކާނާގެ ތެރޭގައި ވެސް މިސަބަބާ ހެދި އުކާލެވޭ ކިތަންމެ އެއްޗެއް ހިމެނޭ ކަމަށެވެ.
އާންމު ފިހާރަތަކުން ގަންނަ ކޮންމެ ކޮންމެ އެއްޗެއްގައި މުއްދަތު ހަމަވާ ތާރީޚް ނުހުރެ އެވެ. އެހެން ނަމަަވެސް އެއެއްޗަކާ މެދު ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ނަމަ މުއްދަތު ހަމަވާ ތާރީޚެއް އޮވެ އެވެ. މިސާލަކަށް ކުޑަކުދިންނަށް ޚާއްސަ ކާނާ އަދި ސިއްހީ ހާލަތްތަކަށް ހުންނަ ކާނާ ހިމެނެ އެވެ.
އެފްޑިއޭއިން ބުނަނީ މުއްދަތު ހަމަވާ ތާރީޚް ގޮތުގައި "އެކްސްޕަޔާޑް އޮން" ގެ ގޮތުގައި މާކް ކޮށްފައި ހުންނަ ތާރީހުގެ ފަހުން އެއެއްޗެއް ބޭނުން ކޮށްގެން ނުވާނެ އެވެ. މުއްދަތު ހަމަވާ ތާރީހު "ޔޫޒް ބައި" ނުވަތަ "ސެލް ބައި" ގޮތުގައި ފާހަގަކޮށްފައި ހުރެއްޖެ ނަމަ ދެވަނަ ވިސްނުމަށް ދާނީ އެވެ.
މުއްދަތު ހަމަވާ ތާރީޚްގެ ގޮތުގައި ލިޔެފައި އޮންނަ ލަފުޒުން ކޮންމެވެސް އެއްޗެއް ދޭހަވެ އެވެ. "ޔޫޒް ބައި"، މާނައަކީ އެތާރީޚެއް ފަހަނައެޅުމުގެ ކުރިން ބޭނުން ކުރުން ރަނގަޅު ކަމެވެ. "ސެލް ބައި" ތާރީޚުން ސޭޓަށް މަޖުބޫރުކޮށްފައި އެއޮތީ އެތާރީޚެއްގެ ކުރިން ވިއްކުމަށެވެ. އެއީ އެކާނާއެއް ނުބައިވާ ތާރީޚެއް ނޫނެވެ. އަވަހަށް ބަހާލާށެވެ. ކައިހުސްކޮށްލާށެވެ. މުއްދަތުހަމަވާ ތާރީޚަށް ފަހު ބޭނުން ކުރާނަމަ ވުން ގާތް ހަމައެކަނި ގޮތަކީ އޭގެ އޮރިޖިނަލް ރަހަނު ހުރުމެެވެ.