ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އޮފީސް

ރައީސް ހުންނެވީ ހޯމް ކަރަންޓީންގައި: ތަރުޖަމާން

Mar 22, 2021

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުންނެވީ ހޯމް ކަރަންޓީންގައި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިހެން ބުނެފައި މިވަނީ ރައީސް ސޯލިހު މިދިޔަ ހަފްތާގެ ތެރޭގައި ގަތަރާއި ބަންގްލަދޭހަށް ކުރެއްވި ދަތުރުފުޅަށް ފަހު ކަރަންޓީންގެ މުއްދަތު ފުރިހަމަ ނުކުރައްވައިި އައްޑޫއަށް ދަތުރު ކުރައްވަން އުޅުއްވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާތީ އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ރައީސް ސޯލިހް ގަތަރާއި ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިވަގުތު ހުންނެވީ ހޯމް ކަރަންޓީންގައި ކަމަށެވެ.

"އެޗްޕީއޭގެ އުސޫލުތަކާއި ގަވައިދުތަކަށް ރައީސް ފުރިހަމައަށް އަމަލު ކުރައްވާނެ. އެހެންވެ މިވަގުތު ވެސް ރައީސް ހުންނެވީ ހޯމް ކަރަންޓީނުގައި ކަން ޔަގީން ކޮށްދެން،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އަތޮޅުތަކުގެ ތެރޭގެ ރަށަކަށް ރައީސް ދަތުރުފުޅު ކުރައްވާނަމަ އެފަދަ ކަމެއް ހަމަޖައްސަައި އިންތިޒާމު ކުރާނީ ހޯމް ކަރަންޓީން ނިމުމުން ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހް އައްޑޫއަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ބުނެ އިދިިކޮޅު ފަރާތްތަކާއި ހަވާލާދީ ސޯޝަލް މީޑިއާގައި ގެންދަނީ ފާޑު ކިޔަމުންނެވެ.