ތިމާވެށި

ރާއްޖޭގައި އުޅޭ 104 ބާވަތެއްގެ ދޫނި ހިމާޔަތްކޮށްފި

Mar 23, 2021
2

ރާއްޖޭގައި އުޅޭ 104 ބާވަތެއްގެ ދޫނި ހިމާޔަތް ކޮށް ހިފުން މަނާ ކޮށްފި އެވެ.

ތިމާވެށި މިނިސްޓްރީން މިއަދު މިގޮތަށް ނިންމީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުންނެވެ.

ހިމާޔަތްކުރި ދޫނިތަކުގެ ތެރޭގައި ރާއްޖޭގައި އުޅޭ ކޮތަރުގެ ތިން ބާވަތެއްގެ އިތުރުން ބަކަމޫނާއި ބޮނޑަނަ އާއި ރާބޮނދި، ބާޒާއި މާދޫންޏާއި ކިރު ދޫނި އަދި ފިނދަނަ ވެސް ހިމެނެ އެވެ.

އެ މިނިސްޓްރީން ބުނީ ދޫނިތަކެއް ހިމާޔަތް ކުރަން ޖެހުނީ ބައެއް ދޫނިތަކަކީ ވަގުތީ ގޮތުން ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކަކަށް ވާތީ ރައްކާތރިކަން ދިނުމުގެ ގޮތުން ކަމަށެވެ.

ދޫނިތައް ހިމާޔަތްކުރުމުގެ ގޮތުން ގޯނާ ކުރުމާއި، ހިފުމާއި، ގެންގުޅުމާއި އަދި އެހެން ވެސް ބޭނުމެއް ކުރުން ވަނީ މަނާކޮށްފަ އެވެ.

ރާއްޖޭގައި ދިރިއުޅޭ ދޫނީގެ ބައެއް ބާވަތްތައް ހިމާޔަތްކުރުމުގެ ގޮތުން މީގެ ކުރިންވެސް ބައެއް ކަހަލަ ފިޔަވަޅުތައް މިނިސްޓްރީން ވަނީ އަޅާފަ އެވެ.