ދުނިޔެ

ރޮހިންޖާ ޖިފުޓިތަކުގައި އަލިފާންރޯވެ 400 މީހުން ގެއްލި، 15 މަރު

ބަނގަލޭޝްގައި ރޮހިންޔާ ރެފިއުޖީން ދިރިއުޅޭ ޖިފުޓިތަކެއްގައި އަލިފާން ރޯވެ ހިނގި ހިތާމަވެރި ހާދިސާއެއްގައި 15 މީހުން މަރުވެ، 560 މީހުންނަށް އަނިޔާ ލިބި އަދި 400 މީހުން ގެއްލިފައިވާ ކަމަށް އދ. ގެ ރެފިއުޖީ އޭޖެންސީ، ޔޫއެންއެޗްސީއާރު އިން ބުނެފި އެވެ.

ބަނގުލަދޭޝްގައި ހުންނަވާ ރެފިއުޖީ އޭޖެންސީގެ ކޮމިއުނިކޭޝަން އޮފިސަރު، ލުއިސް ޑާނަވަން ވިދާޅުވީ އަދަދުތައް އަދި އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިއީ ބަނގުލަދޭޝް ރޮހިންޖާ ކޭމްޕެއްގައި ހިނގި އެންމެ ގެއްލުން ބޮޑު އަދި އެންމެ ހިތާމަވެރި ހަލިފާނުގެ ހާދިސާ އެވެ. އދ. ގެ އޮފިޝަލުން ވިދާޅުވާ ގޮތުން 45،000 މީހުން ވިއްސިވިހާލިވެ 10،000 އަށް ވުރެ ގިނަ ބޯހިޔާވަހިކަން ރޫޅި ވަނީ ހަލާކުވެފަ އެވެ.

ޖިފުޓިތަކުގައި އަލިފާރޯވި ސަބަބު ކަމަށް މަންޒަރުދުށް މީހުން ބުނަނީ ކައްކާ ގޭސްފުޅިއެއް ގޮވައިގެންނެވެ. އަދި ބޮޑުވަރުވީ އެމީހުން އަމިއްލައަށް ނިއްވަން ހަދައިގެންނެވެ.

ހޯމަދުވަހު މެންދުރުފަހު ބަނގުލަދޭޝް ގަޑިން 3:30 ގައި ރޯވިއަލިފާން މައިތިރިކުރެވުނީ ނުވަގަޑިއިރު ވަންދެން ސިވިލް އޭވިއޭޝަން، ފަޔާ ސާވިސް އަދި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކުން ހުއްޓިނެތި ކުރި ބުރަ މަސައްކަތުންނެވެ.

ގެދޮރު ގެއްލި ދިރިއުޅޭނެ ތަނެއް ނެތް 1.2 ރޮހިންޖާއިން ބަނގުލަދޭޝްގެ ކޭމްޕްތަކުގައި ދިއިއުޅެ އެވެ. ރޮހިންޖާއިން ބަނގުލަދޭޝްއަށް ހިޖުރަކުރީ މިއަންމާގެ އަސްކަރިއްޔާއިން އެމީހުންނާ ދެކޮޅަށް 2017 ގައި ހިންގި ގަތުލުއާންމުން ސަލާމަތްވުމަށެވެ. މިއަންމާގެ ރަކީން ސްޓޭޓަށް ނިސްބަތްވާ ރޮހިންޖާ ދަރިފަސްކޮޅު މީހުން ބުނަނީ ބަނގްލަދޭޝްގައި ކޮންމެ ފަދަ ހާލަތެއްގައި ދިރިއުޅެން ޖެހުނަސް މިއަންމާއަށް ދެން ނުދާނެ ކަމަށެވެ.