އުރީދޫ

ދުވާލަކު ދެ ޖީބީ ލިބޭ ޕްރީޕެއިޑް ޕްލޭނެއް

އުރީދޫ މޯލްޑިވްސް އިން އާޗާ ޕްރިޕެއިޑްގެ މުޅިން އާ ޕްލޭނެއް "އާޗާ ޑެއިލީ 2ޖީބީ" ގެ ނަމުގައި ތައާރަފްކޮށްފި އެވެ.

އުރީދޫން "އާޗާ ޕްރިޕެއިޑް" ޕްލޭންތައް ފަރުމާކޮށްފައިވަނީ މަސް ތަކަށް އެއްކޮށް ނެގުމުގެ އިތުރުން މުޅި އަހަރު ދުވަހު ވެސް އެއް ފަހަރު ފައިސާ ދައްކައި ނެގުމުން ބޭނުން ކޮށްލެވޭ ގޮތަށެވެ. އުރީދޫން މި ފަހަރު މި ވަނީ އާޗާ ޕްރިޕެއިޑް "އާޗާ ޑެއިލީ 2ޖީބީ" ޕެކޭޖުގެ ނަމުގައި އާ ޕެކޭޖެއް ތައާރަފް ކޮށްފަ އެވެ. މި ޕްލޭނާއި އެކު މުޅު މަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ދެ ޖީބީ ޑާޓާ އާއި އެކު އަންލިމިޓެޑް އުރީދޫ ކޯލްސް ލިބޭނެ އެވެ. މި ޕެކޭޖުގެ އަގަކީ 750ރ އެވެ.

އުރީދޫ މޯލްޑިވްސް އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި ގޮތުގައި އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ތަފާތު ޕްރޮޑަކްޓް ތަކެއް ގެނެސް ދިނުމަށެވެ. މި ޕެކޭޖުތަކަކީ ރިޗާޖް ކޮށްލައްވައިގެން ކޮންމެ ދުވަހަކުވެސް ޑޭޓާ އާވާނެ ޕެކޭޖު ތަކެއް ކަމަށެވެ.