ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހުޅުދުއްފާރު

ހުޅުދުއްފާރު ވެސް މޮނީޓަރިންނަށް

ރ. އުނގޫފާރުގައި މިހާރު އުފެދިފައިވާ ކޮވިޑް-19 ކްލަސްޓާ އާއި ގުޅުންހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ރ. ހުޅުދުއްފާރު ވެސް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފި އެވެ.

ހުޅުދުއްފާރު ކައުންސިލުގެ ރައީސް އަލީ ޖާވިދު ވިދާޅުވީ އުނގޫފާރު ކްލަސްޓާ އާއި ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިން ހަދަމުން ގެންދާ ކަމަށެވެ.

މިހާތަނަށް އެ ރަށުން 150 ވުރެ ގިން ސާމްޕަލް ނަގާފައިވެ އެވެ. ފެނިފައިވަނީ ޕޮޒިޓިވް އެއް ކޭހެވެ. އެއީ ސްކޫލު ދަރިވަރެކެވެ.

ހުޅުދުއްފާރު ސިއްހި މަރުކަޒުގެ ސީނިޔާ އެޑްމިނިސްޓްރޭޓާ އަބްދުﷲ ޝަރީފް ވިދާޅުވީ އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮންނާނެ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވޭ ކަމަށާއި އެކަން ޔަގީންވާނީ ނަގާފައިވާ ސާމްޕަލްތަކުގެ ނަތީޖާ ލިބޭ ވަރަކުން ކަމަށެވެ.

އެޗްޕީއޭ އިން ނެރެފައިވާ އިއުލާނުގައި ބުނީ ކޮވިޑާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ހުޅުދުއްފާރަށް އަރައި ފޭބުން މަނާ ކޮށްފައިވާ ކަމަށެވެ.

އުތުރުގެ ރަށްރަށު މީހުން ސިއްހީ ހިދުމަތް ހޯދަން އާންމުކޮށް ދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ. އުނގޫފާރުން ކޮވިޑްގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މާޗް ދޭއްގެ ފަހުން އެރަށަށް ގޮސްފައިވާ މީހުން އެ މީހަކު ހުރި ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަނަކަށް އެންގުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އެ މުއްދަތުގައި އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް ވަނީ އަންގާފައެވެ.

އުނގޫފާރު ކްލަސްޓާ އާއި ގުޅިގެން ރ. އަތޮޅު މަޑުއްވަރީ އާއި ހުޅުދުއްފާރުގެ އިތުރުން ޅ. ނައިފަރު ވެސް ވަނީ މޮނީޓަރިންނަށް ލާފައެވެ.