މޯލްޑިވްސް ޕޮލިސް ސާވިސް

ތިނަދޫގައި ބަނގުރާފުޅިތަކެއް ނައްތާލައިފި

Mar 24, 2021

ގދ. ތިނަދޫގައި ގިނަ އަދަދެއްގެ ބަނގުރާފުޅި ނައްތާލައިފި އެވެ.

ފުލުހުން ބުނީ ތިނަދޫގައި ނައްތައިލީ އެކި މައްސަލަތަކުގައި ފުލުހުން އަތުލާފައިވާ ބަނގުރާ ފުޅިތަކެއް ކަމަށެވެ. އެތަކެތި ނައްތާލާފައި ވަނީ އިއްޔެ އެރަށު ޕޮލިސް ސްޓޭޝަނު ގައެވެ.

ނައްތާލާފައި ވަނީ މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މި އަހަރުގެ ފެބްރުއަރީ ފުުރަތަމަ ދުވަހަށް ކާޑެއްދޫ އެއާޕޯޓުން އަތުލި 47 ފުޅި ބަނގުރަލާއި 11 ދަޅު ބިޔަރެވެ. އަދި މިދިޔަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން މި މަހު 11 ވަނަ ދުވަހަށް މާވަރުލު އެއާޕޯޓުގައި ފަތުރުވެރިންގެ އަތުން އަތުލި 17 ފުޅި ބަނގުރާ ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.