ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން ދިން އަދަދު 224،000 އަށް

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 224،979 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިއަދު ވަނީ 2،009 މީހަކަށް ވެކްސިން ދީފައެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 802 މީހަކާއި މާލެ ސަރަހައްދުން ވެކްސިން ދިން 1،207 މީހެކެވެ. ވެކްސިން ޕްރަގްރާމް މެދުކަނޑާލުމަށް ފަހު މާލެ ސަރަހައްދުގައި އަލުން ވެކްސިން ޖަހަން ފަށާފައިވަނީ ހޯމަ އެވެ. މާލެ ސަރަހައްދުގައި ދޭން ފަށާފައިވަނީ ޗައިނާގެ ސިނޯފާމް ވެކްސިނެވެ.

މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް ދީފައިވަނީ 125،885 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަތޮޅުތަކުން މިހާތަނަށް 99،094 މީހަކަށް ވެކްސިން ދީފައިވެއެވެ.