ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދިއްދޫ އަމާންވެށިން 22 މީހަކު ޕޮޒިޓިވް ވެއްޖެ

Mar 25, 2021

ހއ. ދިއްދޫގައި ހުންނަ އަމާން ވެށިން 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އަމާން ވެށިން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ އެތަނުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެކެވެ. އޭގެ ފަހުން މިހާތަނަށް 22 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

އަމާންވެށީގައި ތިބެނީ ތިން އާއިލާއަކަށް ނިސްބަތްވާ 15 ކުދިންނެވެ.

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން އަމާން ވެށީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައެވެ.