ބޭންކް އޮފް މޯލްޑިވްސް

މުލީގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

މ. މުލީގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފަށައިފި އެވެ.

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ މުލީގައި އަލަށް ހުޅުވި މި ސެންޓަރުގައި ދެ އޭޓީއެމް ބަހައްޓާފައި ހުންނާނެ ކަމަށެވެ.

މިތަނުން 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ޗެކް ޖަމާކުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެ އެވެ.

ރާއްޖޭގެ 20 އަތޮޅެއްގައި ބީއެމްއެލްގެ 35 ބްރާންޗް ހުންނައިރު ބީއެމްއެލް އިން މަސައްކަތް ކުރަމުން އަންނަނީ އޭޓީއެމްގެ ހިދުމަތް ފުޅާ ކުރުމަށެވެ. އެގޮތުން މުޅި ރާއްޖޭގައި 67 ސެލްފްސާވިސް ބޭންކިން ސެންޓަރު، 128 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ތިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މިދިޔަ އަހަރު ބޭންކުން ވަނީ 10 ރަށެއްގައި އަލަށް ސެލްފް ސާވިސް އޭޓީއެމް ސެންޓަރު ހުޅުވައި، އިތުރު ފަސް ރަށެއްގައި ބަހައްޓާފައި ހުރި އޭޓީއެމްތަކުން ސެލްފް ސާވިސް ހިދުމަތް ލިބޭނެހެން ބަދަލު ގެނެސްފަ އެވެ.