ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަލިފުށި

ކުޑަކުއްޖަކު ޕޮޒިޓިވްވެ އަލިފުށި މޮނިޓަރިންއަށް

Mar 27, 2021

ރ. އަލިފުށިން ޕޮޒިޓިވް ކޭސްއެއް ފެނި އެރަށަށް އަރާ ފޭބުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް ގެނެސްފި އެވެ.

އަލިފުށިން ޕޮޒިޓިވްވެފައިވަނީ ދެ އަހަރު ކުއްޖެކެވެ. އެއީ ދާދި ފަހުން އުނގޫފާރަށް ދިޔަ ކުއްޖެކެވެ.

ރ. އުނގޫފާރުން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ މި މަހުގެ ދެވަނަ ދުވަހުގެ ފަހުން އުނގޫފާރުގައި އުޅެފައި އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ މީހަކު ހުރިނަމަ އެކަން އެމީހަކު ހުރި ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް އެންގުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އުނގޫފާރު ކްލަސްޓާއާ ގުޅުންހުރި ޕޮޒިޓިވް ކޭސްތައް ގިނަ ރަށްތަކަކުން ފެނި އެ ރަށްރަށްވެސް ވަނީ މޮނިޓަރިންއަށް ގެނެސްފައެވެ.

އަލިފުށިން ކުއްޖަކު ޕޮޒިޓިވްވެފައިވާއިރު އެކުއްޖާ ހުރީ ކަރަންޓީންގައި ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.