ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

230،000 މީހަކަށް ވެކްސިން ދީފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 230،130 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިއަދު ވަނީ 2،434 މީހަކަށް ވެކްސިން ދީފައެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 1،418 މީހަކާއި މާލެ ސަރަހައްދުގައި ވެކްސިން ދިން 1،016 މީހެކެވެ. ވެކްސިން ޕްރަގްރާމް މެދުކަނޑާލުމަށް ފަހު މާލެ ސަރަހައްދުގައި އަލުން ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. މާލެ ސަރަހައްދުގައި ދޭން ފަށާފައިވަނީ ޗައިނާގެ ސިނޯފާމް ވެކްސިނެވެ.

މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް ދީފައިވަނީ 128،293 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަތޮޅުތަކުން މިހާތަނަށް 101،837 މީހަކަށް ވެކްސިން ދީފައިވެއެވެ.