ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޮޅުވެލިފުށި

އޮޅުވެލިފުށި ވެސް މޮނީޓަރިންއަށް

ޅ. އޮޅުވެލިފުށިން ކޮވިޑް-19 އަށް ޓެސްޓްކުރި މީހަކު އެ ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނީޓަރިންއަށް ލައިފި އެވެ.

އެޗްޕީއޭއިން ރޭ ބުނީ ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓް ވެފައިވާ މީހުން ދެނެގަނެ އެމީހުންގެ ސާމްޕަލް ނަގައި ޓެސްޓް ހެދުމަށްޓަކައި އޮޅުވެލިފުށި މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ.

ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ހަތަރު ރަށުގެ ތެރެއިން ނައިފަރު، ހިންނަވަރު އަދި އޮޅުވެލިފުށި މިހާރު ވަނީ މޮނީޓަރިންއަށް ލައިފަ އެވެ.

އެ އަތޮޅުގެ މި ތިން ރަށުން ކޮވިޑް-19 އަށް ޕޮޒިޓިވް ބަޔަކު ފެނިފައިވާއިރު އެ އަތޮޅުގައި ހިންގަމުން ގެންދާ ފެލިވަރު މަސް ފެކްޓަރީގައި މަސައްކަތް ކުރަމުން ދިޔަ 75 މީހަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެހެން ކަމުން އެ ރަށް ވެސް ވަނީ މޮނިޓަރިންއަށް ލައިފަ އެވެ.

ޅ. ކުރެންދޫ އިން މިހާތަނަށް ޕޮޒިޓިވް ކޭސްއެއް ފެނިފައި ނެތް ނަމަވެސް އެރަށުގައި ވެސް ދަނީ މި ކޭސްތަކާ ގުޅުންހުރި މީހުންގެ ސާމްޕަލްތައް ނަގަމުންނެވެ.