ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޕާކިސްތާން އަނެއްކާވެސް ލޮކްޑައުންއަކަށް

ޕާކިސްތާންގައި ކޮވިޑް އަނެއްކާވެސް ފެތުރިގެންފި އެވެ. ހާލަތު އެންމެ ގޯސް ސަރަހައްދުތަކުގައި ފިޔަވަޅުތައް ހަރުކަށި ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އާންމުން އެއްވެއުޅޭ ހުރިހާ ތަނެއް އެކިއެކި ތާރީހުން ފެށިގެން ބަންދު ކުރަން ކަނޑައަޅާފައިވެ އެވެ.

ޕްލޭނިން މިނިސްޓަރު އަސަދު އުމަރު އިސްވެ ހުންނަވައި ނޭޝަނަލް ކޮމާންޑް އެންޑް އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ކުއްލި ބައްދަލު ވުމަކަށް ފަހު ވެރިރަށް އިސްލާމްއާބާދު އަދި ކޮވިޑްގެ ހާލަތު ގޯސް އަވަށްތައް މޮނީޓާކުރުން ވަނީ ހަރުކަށި ކޮށްފަ އެވެ.

އޭޕްރީލް 5 އިން ފެށިގެން ވަކި ހަރަކާތްތަކެއް މާނާ ކުރަން ނިންމާފައި ވެސް ވެއެެވެ. އޭގެ ތެރޭގައި ގިނަ ބަޔަކު އެއްވެ ކުޅޭ ކުޅިވަރުތައް އަދި ސިޔާސީ ހަރަކާތްތައް ވެސް ހިމެނެ އެވެ.

ނޭޝަނަލް ކޮމާންޑް އެންޑް އޮޕަރޭޝަންސް ސެންޓަރުގެ ގަވައިދަކީ ކޮވިޑަށް ޕޮސިޓިވް އަދަަދު އާބާދީގެ ވަކި ޕަސެންޓަކަށް ވުރެ މަތިވެއްޖެ ނަމަ އެ ސަރަހައްދެއް މުޅިން ލޮކްޑައުން ކުރުމެވެ.

ޕާކިސްތާންގައި ކޮވިޑް ވެކްސިން ދޭން ފެށުމާއެކު ހާލަތު ތައްކަތު ކަމަށް ބަލައި މިދާކަށް ދުވަހު ލުއިތަކެއް ދިނެވެ. އެހެން ނަމަވެސް ގިނަދުވަސްތަކެއް ނުވެ އަނެއްކާ ވެސް މިއޮތީ ހާލަތު ނުތަކާވަރުވެފަ އެވެ.