ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާއިން 500،0000 ޑޯޒް ކޮވިޑް ވެކްސިން ޕާކިސްތާނަށް

އިސްލާމްއާބާދު -- ޕާކިސްތާނަށް ދޭ ހަދިޔާއެއް ގޮތުގައި ޗައިނާއިން ބައިމިލިއަން ކޮވިޑް ވެކްސިން އަނެއްކާވެސް ދެނީ އެވެ. ފޮރިން މިނިސްޓަރު ޝާހް މަހަމޫދު ގުރޭޝީ އަންގާރަ ދުވަހު ވިދާޅުވި ގޮތުން ޗައިނާއިން ދޭ ހަދިޔާ ހުރީ ހަމަޖެހިފަ އެވެ.

ޗައިނާ އާއި ޕާކިސްތާން ގުޅުމަށް 70 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކެއްގައި ބައިވެެރިވެ ވަޑައިގެން ގުރޭޝީ ވިދާޅުވީ ޕާކިސްތާނަށް އެހީތެރިކަން ބޭނުންވާ ކޮންމެ ފަހަރަކު ޗައިނާއިން އެކަމެއް ކޮށްދޭ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް ޗައިނާއިން އަނެއްކާ ވެސް ބައިމިލިއަން ޑޯޒް ކޮވިޑް ވެކްސިން ހަދިޔާ ކޮށްފި،" ގުރޭޝީ ވިދާޅުވި އެވެ. އެނާ ވިދާޅުވީ ޗައިނާއިން ފޮނުވާނީ ސިނޮފާމް ކޮވިޑް ވެކްސިން ކަމަށެވެ.

ޗައިނާއިން މީގެ ކުރިން ދިން 500،000 ޑޯޒް ކޮވިޑް ވެކްސިން ޕާކިސްތާނަށް ލިބުނީ ފެބްރުއަރީ އެކެއްގަ އެވެ.

ޕާކިސްތާންގައި ވެކްސިން ޕްރްގޮރާމް ފަށައިގެން ކުރިއަށް ދާއިރު މަގަތު އެހިތެރިންނަށް ވަނީ އިސްކަންދީފަ އެވެ. އަދި 65 އަހަރުން މަތީ އުމުރުފުރައަށް ވެސް ދަނީ ވެކްސިންދެމުންނެވެ.

އދ. ގެ ބެލުމުގެ ދަށުން ހިންގާ ކޯވެކްސް ޕްރޮގްރާމުން ވެސް ޕާކިސްތާނަށް އޮކްފޯޑް-އެސްޓްރަޒެނެކާ 17 މިލިއަން ޑޯޒް ލިބޭނެ ކަމަށް އެގައުމުން ބުނެ އެވެ.

ޕާކިސްތާންގައި އިމަޖެންސީ ބޭނުންތަކަށް ހުއްދަދީފައި ވަނީ ޗައިނާގެ ސިނޮފާމް، ކޭންސިނޯ، އޮކްސްފޯޑް-އެސްޓްރަޒެނެކާ، ރަޝިއާ ސްޕުނިކްވީ ވެކްސިނަށެވެ. ކޮވިޑުން ރައްކާތެރިވުމަށް އެ ގައުމުން އަޅާފައި ހުރި ގިނަ ފިޔަވަޅުތަކަކަށް މިދިއަ ހަފުތާގައި ވަނީ ލުއިދީފަ އެވެ.