މޫސުން

ހިންނަވަރަށް ވަރަށް ބޮޑަށް އުދަ އަރައިފި

ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި ޅ. ހިންނަވަރަށް ބޮޑެތި ގެއްލުންތައް ވެއްޖެ އެވެ. އެމްއެންޑީއެފުން ބުނީ އެރަށަށް ވަރަށް ބޮޑަށް އުދަ އަރާފައި ވާކަމަށެވެ.

ހިންނަވަރު ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހީމް ވިދާޅުވީ އެރަށަށް އުދައަރަށް ފެށީ މިއަދު ހެނދުނު ކަމަށެވެ. އަބްދުﷲ އިބްރާހިމް ވިދާޅުވީ އެރަށުގެ ކުރިން ބޭނުންކުރި ބަނދަރަކީ ފަސޭހައިން ރަށަށް ރާޅުއަރާ ގޮތަކަށް އޮތް ބަނދަރެއް ކަމަށާއި އުދައިގެ ސަބަބުން އެ ރަށު ސިއްހި މަރުކަޒާއި އިންޖީނުގެ އަށް ވަރަށް ބޮޑަށް ފެން ވަދެފައިވާ ކަމަށެވެ.

އަދި ވިދާޅުވި މިހާރު ބޭނުން ކުރަމުން އަންނަ ބަނދަރުން ވެސް އުދަ އެރި ކަމަށާއި އޮޑި ދޯނި ފަހަރަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ. ރަށުގެ ވަރަށް ގިނަ ގެތަކަށް ފެން ވަދެ ގެއްލުން ލިބިފައިވާ ކަމަށެވެ. ކައުންސިލުގެ ރައީސް ވިދާޅުވީ ލިބުނު ގެއްލުންތައް މިހާރު ބަލަމުން އަންނަ ކަމަށެވެ.

އަބްދުﷲ އިބްރާހިމް ވިދާޅުވީ އެރަށު ގޭގޭގައި ފެންބޮދުވީ އުދަ އެރުމުގެ ސަބަބުން ކަމަށާއި އެހާ ގިނަ ވާރޭ ވެހިފައި ނުވާކަމަށެވެ. ޅ. ހިންނަވަރަށް އުދަ އަރާ އެ ރަށު ގޭގޭ ގައި ފެންބޮޑުވެ ގެއްލުން ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި ދެކުނުގެ ދެ ސިޓީ، އައްޑޫ އަދި ފުވައްމުލަކަށް ގިނައިން ވާރޭ ވެހި ގިނަ ގެއްލުން ލިބިފައި ވެއެވެ.

މުސޫމާބެހޭ ގައުމީ އިދާރާގެ ރިކޯޑްތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަގައި މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އައްޑު އަތޮޅު ގަމަށެވެ. އެއީ 166.3 މިލިލީޓަރުގެ ވާރެ އެވެ. ދެން އެންމެ ގިނައިން ވާރޭވެހުނީ ގއ. ގެމަނަފުއްޓަށެވެ. އެއީ 106.4 މިލިލީޓަރުގެ ވާރެ އެވެ. އައްޑު އަތޮޅު ހިތަދޫއަށް 91.8 މިލިލީޓަރަށް ވާރޭ ވެހުނެވެ.