ސިއްހަތު

ކޮންމެ ދުވަހަކު ވިޓަމިންސީ ކެއުމުން ވާގޮތް އެނގޭތަ؟

ކާބޯތަކެތީގެ ބައެއް ބާވަތްތަކުގައި ތަބީއީ ގޮތުން ވިޓަމިންސީ ހުރެ އެވެ. ވިޓަމިންސީ އަކީ ސަޕްލިމެންޓް ގޮތުގައި ވެސް ލިބެން ހުންނަ މާއްދާއެކެވެ. ސިއްހީ މާހިރުން ލަފާދެއްވަނީ ވިޓަމިންސީ ގިނައިން ލިބެން ހުންނަ ކާބޯތަކެތި ބޭނުންކުރުމަށެވެ. މިނަސޭހަތް ގަބޫލުކުރާ ނަމަ ވިޓަމިންސީ އަކީ ކޮންމެ ދުވަހަކު ވެސް ހެޔޮވަރު މިންވަރަކަށް ބޭނުންކުރެވޭ މާއްދާއަކަށް ވާނެ އެވެ. އެހެން ނަމަވެސް، ވިޓަމިންސީ އަކީ ކޮންމެ ދުވަހަކު ކެއުން ރަނގަޅު މާއްދާއެއްބާއެވެ؟

އެމެޖެންސީ މެޑިސީން ފިޒިޝަނުން ލަފާދެއްވާ ގޮތުން ކޮންމެ ދުވަހަކު ވިޓަމިންސީ ކެއުން މައްސަލައަކަށް ނުވާނެ އެވެ. ވިޓަމިންސީ އަކީ ކޮންމެހެން ވެސް ބޭނުން ކުރަންޖެހޭ މާއްދާއެކެވެ. ކޮންމެ ކަމަކަށް ވެސް ހަމައެއް އޮންނަ ގޮތަށް ވިޓަމިންސީން ފައިދާއެއް ލިބިގަތުމަށް ބޭނުންކުރަން ޖެހެނީ ވަކި މިންވަރަކަށެވެ.

ބަލިމަޑުކަމެއް ނެތް ދުޅަހެޔޮ ހާލަތުގައ ވިޓަމިންސީ ލިއްބައިދޭ ބާވަތްތައް ކެއިންބުއިމުގައި އާދަކޮށް ހިމެނުމުން ފުދެ އެވެ. އެހެން ނަމަވެސް، ބަލިމަޑުކަމެއް ތަހަންމަލްކުރާ ނަމަ ވިޓަމިންސީ ސަޕްލިމެންޓެއް ބޭނުންކުރަން ޑޮކްޓަރުން ނަސޭހަތްތެރިވެ އެވެ.

ވިޓަމިންސީން މުހިންމުވާ ބައެއް ހާލަތްތައް

  • ފާރުހިއްކަން ބާރުއަޅައިދިނުން،
  • ތަބީއީ ގޮތުން ސެލްތަކަށް ލިބޭ ގެއްލުން މަރާމާތުކޮށްދިނުން،
  • ހަމުގެ ބަލިތަކަށް ވެސް ފަރުވާއެއް،
  • ކެންސަރު ކަހަލަ ބަލިތަކުން ދުރުކޮށްދިނުން،
  • ހިތުގެ ދުޅަހެޔޮކަން ދަމަހައްޓައިދިނުން،
  • ލޮލުގެ ސިއްހަތަށް ނުހަނު ބޮޑު ފައިދާއެއް
  • އަނގަފާރަށް އެންމެ މުހިންމު ފަރުވާއެއް،
  • އަރިދަފުސް ރޯގާ ދުރުކޮށްދިނުން،