ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އިތުރު 1800 މީހަކަށް ވެކްސިން ދީފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 235،682 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިއަދު ވަނީ 1،807 މީހަކަށް ވެކްސިން ދީފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 656 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 1،151 މީހެކެވެ.

މިހާތަނަށް މާލެ ސަރަހައްދުން 130،376 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 105،306 މީހަކަށް ވެކްސިން ދީފައިވެއެވެ.

އެޗްއީއޯސީން ބުނީ އުމުރުން 60 އަހަރުން މަތީގެ ދިވެހި އާބާދީގެ 75 ޕަސެންޓަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށާ އަދި 18 އަހަރުން މަތީގެ 61 ޕަސެންޓް މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ.

ރޯދަ މަހު ވެކްސިން ދިނުން ކުރިއަށް ގެންދަނީ މަދު ގަޑިތަކެއްގައި ކަމުން ރޯދަ ފެށުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މިއަދު ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިނެވެ. މިހާރު ޖަހަމުން ދަނީ ސިނޯފާމް ވެކްސިނެވެ. ކޮވިޝީލްގެ ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާވުމުން ޖެހޭނެ އެވެ. އަދި ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާވުމުން ޖެހޭނެ އެވެ.