މެންޗެސްޓާ ޔުނައިޓެޑް

ގާޑިއޯލާގެ ޓޮޕް ސްކައުޓެއް ޔުނައިޓެޑުން ގެންދަނީ

މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާގެ ދަށުން މަސައްކަތް ކުރާ ސްކައުޓިން ނެޓްވޯކުގައި ހިމެނޭ މުހިންމު ސްކައުޓެއް، ގެންދަން މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ފަށައިފި އެވެ.

މެންޗެސްޓާ ސިޓީގެ ސްކައުޓިން ނެޓްވޯކް ފާހަގަ ވެފައި ވަނީ، ޔޫރަޕްގެ އެންމެ ރަނގަޅު ސްކައުޓިން ނެޓްވޯކްގެ ގޮތުގަ އެވެ. ސިޓީގެ ސްކައުޓިން ނެޓްވޯކްގެ ޔޫތު ސްކައުޓެއްގެ ގޮތުގައި މަސައްކަތް ކުރާ ސްޓީފަން އަޖޭވޯލް ޔުނައިޓެޑަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް އިނގިރޭސި މީޑިއާތަކުން ދަނީ ފަތުރަމުންނެވެ.

ޔުނައިޓެޑުން އަޖޭވޯލްއަށް ބޮޑު މަސައޫލިއްޔަތެއް ހަވާލު ކުރުމަށް އޮތީ ތައްޔާރު ވެފަ އެވެ. އެގޮތުން 15 އަހަރާއި 18 އަހަރުން ދެމެދުގެ އުމުރުފުރާގެ ހެޑް ސްކައުޓަކަށް އޭނާ ހަމަޖެއްސުމަށް ޔުނައިޓެޑުން އޮތީ ތައްޔާރަށެވެ. އެ މަގާމުގައި އޭނާގެ މަސައްކަތް މޮނިޓާަ ކުރަން ހުންނާނީ ކުރިން ސިޓީގައި މަސައްކަތް ކުރި މިހާރު ޔުނައިޓެޑްގެ ޔޫތު ރެކްރޫޓްމެންޓް ހެޑް ޑޭވިޑް ހާރިސަން އެވެ.

އަޖޭވޯލް ގެންދަން ޔުނައިޓެޑުން މަސައްކަތް ކުރާތީ، ސިޓީގެ ހައިރާކުރަސީންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. ސީޓިގެ ޔޫރަޕިއަން ސްކައުޓިން ހެޑެއްގެ ގޮތުގައި ހާރިސަން ހުއްޓައި ޔުނައިޓެޑުން ވަނީ 2017 ވަނަ އަހަރު ހާރިސަންވެސް މާގަމު އުފުރާލައިގެން ޔުނައިޓެޑަށް ގެންގޮސްފަ އެވެ.

މިފަހަރު އަޖޭވޯލް ގެންދަން ޔުނައިޓެޑުން އުޅޭތީ ސިޓީގެ ކަންބޮޑުވުން އަދި ވަކިން ބޮޑުވެ. ސިޓީން ޖެހިލުން ވަނީ، ކުރިއަށް ހުރި ޓްރާންސްފާ ތަކުގެ މައުލޫމާތު އަޖޭވޯލްގެ ބަދަލުވުމާއެކު ލީކް ވެދާނެތީ އެވެ.