ހަބަރު

ޒަމީރުއާއި ޝަރީފަށް ރުހުން ހޯދުމުގެ މައްސަލަ ކޮމެޓީއަށް

Nov 4, 2015

ޓޫރިޒަމް މިނިސްޓަރު ކަމަށް ހަމަޖެއްސެވި މޫސާ ޒަމީރާއި ޑިފެންސް މިނިސްޓަރު ކަމަށް ހަމަޖެއްސެވި އާދަމް ޝަރީފަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވެވުމުން އެ ދެ ބޭފުޅުންގެ ނަން ފުޅު ކޮމެޓީއަށް ފޮނުވައިފި އެވެ.

އެ ދެބޭފުޅުން މަގާމަށް އައްޔަން ކުރައަވާފައި ވަނީ މީގެ ހަފުތާއެއް ކުރިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ދެ ބޭފުޅުންނަށް ރުހުން ދެއްވުމާއި މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު އިއްވާފަ އެވެ. މިމައްސަލަ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅުމާއި ގުޅިގެން މި ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށް ފޮނުވާފައިވާނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށެވެ.