ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުރެންދޫ

ކުރެންދޫ އިން ކޮވިޑް ފެނި މުޅި އަތޮޅަށް ބަލި ފެތުރިއްޖެ

ޅ. އަތޮޅުގައި މިހާރު އުފެދިފައިވާ ކްލަސްޓާ އާއި ގުޅޭ ކޭސްތަކެއް އެ އަތޮޅު ކުރެންދޫން ފެނިއްޖެ އެވެ.

އެ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަގުގެ ތެރެއިން މިހާތަނަށް ކޮވިޑް ފެނިފައި ނުވަނީ ކުރެންދޫ އެވެ. ނަމަވެސް މިއަދު ކުރެންދޫ ހެލްތް ސެންޓަރުން ބުނީ އެރަށުން ވެސް "ޅަވިނިޔަނި ކްލަސްޓާ" އާއި ގުޅުންހުރި ދެ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ޅ. ފެލިވަރުގައި އުފެދުނު ކްލަސްޓާ އާއި ގުޅިގެން ކުރެންދޫން ދިޔައީ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ ކޭސްތަކާ ގުޅުންހުރި މީހުންގެ ސާމްޕަލްތައް ނެގި އެވެ. އެރަށުން މިހާތަނަށް 166 ސާމްޕަލް ވަނީ ނަގާފަ އެވެ.

އެޗްއީއޯސީއިން ރޭ ބުނެފައި ވަނީ އެ އަތޮޅު ނައިފަރުން މިހާތަނަށް ޕޮޒިޓިވް 99 ކޭސް ފެނިފައިވާ ކަމަށެވެ. އެރަށުގައި ހަލުއިކަމާއެކީ ބަލި ފެތުރެމުން ދާތީ އެޗްޕީއޭއިން މިހާރު ވަނީ ފިޔަވަޅުތައް ވަރުގަދަ ވެސް ކޮށްފަ އެވެ.

އެޗްއީއޯސީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އެ އަތޮޅު ފެލިވަރުން މިހާތަނަށް 150 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 66 ދިވެހިންނާއި 84 ބިދޭސީންނެވެ. އަދި ހިންނަވަރުން މިހާތަނަށް 20 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.