ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފެލިވަރު

ފެލިވަރުގެ ޕޮޒިޓިވް ނަންބަރު 245 އަށް

ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ހިންގާ މަސްފެކްޓްރީ ހުންނަ ފެލިވަރުން މިހާތަނަށް 245 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ފެލިވަރުން ކޮވިޑްގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށުން ވަނީ ގިނަ ބައެއްގެ ސާމްޕަލް ނަގާފައެވެ. އެ ރަށުން ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

އެޗްއީއޯސީއިން މިރޭ ބުނީ މިހާތަނަށް ފެލިވަރުން 245 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 109 ދިވެހިންނާއި 136 ބިދޭސީންނެވެ.

މިފްކޯ އިން ހިންގާ މަސްފެކްޓްރީ ހުންނަ ފެލިވަރުން ގިނަ ބަޔަކު ޕޮޒިޓިވްވީ ނަމަވެސް މިފްކޯގެ އުފެއްދުންތައް ހުސްނުވެ ލިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ. މި ދުވަސްވަރު އަތޮޅުތެރޭގެ ރަށްރަށުގައި ގިނަ އަދަަދަކަށް ޕޮޒިޓިވް ކޭސްތައް ވަނީ އިތުރުވެފައެވެ.