ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

240،000 މީހުންނަށް ކޮވިޑް ވެކްސިން ދީފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 240،773 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިއަދު ވަނީ 3،057 މީހަކަށް ވެކްސިން ދީފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 1،053 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 2،004 މީހެކެވެ.

މިހާތަނަށް މާލެ ސަރަހައްދުން 132،044 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 108،729 މީހަކަށް ވެކްސިން ދީފައިވެއެވެ.

އެޗްއީއޯސީން ބުނީ އުމުރުން 60 އަހަރުން މަތީގެ ދިވެހި އާބާދީގެ 75 ޕަސެންޓަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށާ އަދި 18 އަހަރުން މަތީގެ 61 ޕަސެންޓް މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ.

ރޯދަ މަހު ވެކްސިން ދިނުން ކުރިއަށް ގެންދަނީ މަދު ގަޑިތަކެއްގައި ކަމުން ރޯދަ ފެށުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިނެވެ. މިހާރު ޖަހަމުން ދަނީ ސިނޯފާމް ވެކްސިނެވެ. ކޮވިޝީލްގެ ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާވުމުން ޖެހޭނެ އެވެ. އަދި ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާވުމުން ޖެހޭނެ އެވެ.