ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: ފެލިވަރުން 253، ހުރާއިން 129 ޕޮޒިޓިވް

އަތޮޅުތެރޭގައި ޕޮޒިޓިވް ކޭސް އެންމެ ގިނަ ފެލިވަރުން މިހާތަނަށް 253 މީހަކު އަދި ކ. ހުރާއިން 129 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީ އިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ޅ. ފެލިވަރުގައި 109 ދިވެހިން އަދި 144 ބިދޭސީން ޕޮޒިޓިވްވެފައިވެއެވެ. ކ. ހުރާއިން 109 ދިވެހިން އަދި 20 ބިދޭސީން ވަނީ ޕޮޒިޓިވްވެފައެވެ.

ޅ. ނައިފަރުން 151 ދިވެހިން އަދި 17 ބިދޭސީއަކު ވަނީ ޕޮޒިޓިވްވެފައެވެ. ޅ. ހިންނަވަރުން 19 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ނ. ޅޮހިން 13 މީހަކު، ހއ. ދިއްދޫއިން 11 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ދ. ކުޑަހުވަދޫ އިން 11 މީހަކު އަދި ރ. އުނގޫފާރުން 10 މީހަކު، ނ. ހޮޅުދޫއިން 8 މީހަކު އަދި ހދ. ކުޅުދުއްފުށިން ނުވަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިވަގުތު އަތޮޅުތެރޭގެ 58 ރަށެއްގައި 887 އެކްޓިވް ކޭސް އެބަހުއްޓެވެ.